ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ މުހިންމު ހަތް ހަރަކާތެއް ކަނޑައަޅައިފި އެވެ.

އެގޮތުން މިއަހަރު ބެޑްމިންޓަން އެސޯސިއޭޝަނުން ކުރިއަށްގެންދާ މުހިންމު ހަތް ހަރަކާތަކީ ރާއްޖޭގެ ސްކޫލްތަކާއި ގުޅިގެން ސްކޫލް ބެޑްމިންޓަން ޕްރޮގްރާމެއް ހިންގުމާއި އިންޓަނޭޝަނަލް ޗެލެންޖް ބޭއްވުމާއި އަތޮޅު ލީގް ބެޑްމިންޓަން މުބާރާތް އަތޮޅު ތެރޭގައި ބޭއްވުމެވެ.

އަދި ޓެކްނިކަލް އޮފިޝަލް ތަމްރީން ކޯސްތައް ހިންގުމާއި އިންޓަ ސުކޫލް ބެޑްމިންޓަން މުބާރާތް މާލެ ފިޔަވައި އަތޮޅުތެރޭގެ ތަފާތު ތިން ސަރަހައްދެއްގައި ބޭއްވުން ވެސް ހިމެނެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ރިޔާޒް ވިދާޅުވީ، ބެޑްމިންޓަން ރާއްޖޭގައި ކުރިއެރުވުމަށް މިއަހަރު ގިނަ މަސައްކަތް ތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.