ރޫމޭނިއާގެ ދެކުނުގެ ސަރަހައްދެއްކަމަށްވާ ދެވެސެލޫގެ މޭޔަރަކަމަށް މަރުވެފައިވާ މީހަކު އިންތިހާބް ވެއްޖެ އެވެ.

އިއޯ އަލިމަން ނަމަކަށް ކިޔާ މީހަކު އެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބްވީ ހަތަރު ވަނަ ފަހަރަށެވެ. މީގެ 15 ވަރަކަށް ދުވަސްކުރިން އޭނާ މަރުވީ ކޮވިޑް ޖެހިގެންނެވެ.

އޭނާ މަރުވި ނަމަވެސް ވޯޓް ޕްރިންޓްކޮށްފައި ވާތީ އިންތިހާބު ބޭއްވި އިރު އޭނާގެ ނަން އަނބުރާ ނުއެއް ގެންދެ އެވެ. އެހެންކަމުން އާ މޭޔަރެއް ހޮވަން އަނެއްކާ ވެސް އިންތިހާބެއް ބާއްވާނެ އެވެ.

އަލިމަން އިންތިހާބް ކާމިޔާބުކުރެއްވީ 64 ޕަސެންޓް ވޯޓާއެކު އެވެ.

އަލިމަންގެ ކާމިޔާބީއާ ގުޅިގެން އޭނާގެ ސިޓީގެ ގިނަ ބަޔަކު ވަނީ އެކަން ފާހަގަކުރަން އަލިމަންގެ މަހާނަ ދޮށަށް ވެސް އެއްވެފަ އެވެ.

އެ ސިޓީގެ އަންހެނަކު ރޫމޭނިއާގެ ޗެނަލްއަކަށް މައުލޫމާތު ދެމުން ބުނީ އަލިމަން ފަދަ މޭޔަރެއް ދެން ނާންނާނެ ކަމަށެވެ.

އަލިމަން ނިސްބަތް ވަނީ ރޫމޭނިއާގެ ސޯޝަލިސްޓް ޑިމޮކްރެޓިކް ޕާޓީ އަށެވެެ. މިފަހަކަށް އައިސް އެ ޕާޓީއަށް ކައުންސިލް އިންތިހާބްގައި ވަނީ ނާކާމިޔާބުވެފަ އެވެ.

މީގެ ކުރިން ވެސް މަރުވެފައިވާ މީހަކު މޭޔަރުކަަމަށް ރޫމޭނިއާގައި އިންތިހާބްކޮށްފައިވެ އެވެ.