މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ޕެންޝަނަށް މީހުން ހޭލުންތެރި ކުުރުމަށް ފޮޓޯ މުބާރާތެއް ބާއްވައި އޭގެ ތެރެއިން ހޮވާލެވުނު ފޮޓޯތައް ދައްކާލުމަށް މިއަދު ފޮޓޯ މައުރަޒެއް ހުޅުވައިފި އެވެ.

ނޭޝަނަލް އާޓް ގެލަރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިޔާތުގައި އެ ފޮޓޯ މައުރަޒު ހުޅުވައި ދެއްވީ ޕެންޝަން އޮފީހުގެ ބޯޑު ޗެއާޕާސަން އަތީފާ އަލީ އެވެ.

ޕެންޝަން އޮފީހުގެ ޑިރެކްޓަރު ސްޓޭކް ލޯޑަރިލޭޝަން، އިސްމާއިލް ސުޖާއު ވިދާޅުވީ މި މައުރަޒުގެ މަގުސަދަކީ ޕެންޝަނާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމާއި ޕެންޝަން އޮފީހުގެ އެކިއެކި ކަންކަމުގައި ބޭނުންކުރުމަށް ޕެންޝަނާ ގުޅޭ ފޮޓޯ ހޯދުން ކަމަށެވެ.

"މި ފަދަ ކަމެއް ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އަޅުގަނޑުމެން އާންމުނަށް ހަމަ ޕެންޝަނާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން. އެގޮތުން މައުރުޒް ތެރޭގައި އަޅުގަނޑުމެން އެބަ ބަލަން ޕެންޝަނާ ބެހޭ މައުލޫމާތު ފޯރުކޮށް ދެވޭތޯ ވެސް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މި މައުރަޒު ކުރިއަށްދާ އިރު ރިޓަޔަމަންޓް ސޭވިން އެކައުންޓްގެ ތަފްސީލް ވެސް ބޭނުން ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ސުޖާއު ވިދާޅުވި އެވެ. އަދި ޕެންޝަނާ ބެހޭ ސުވާލުތަކަށް މި މައުރަޒުގެ ތެރެއިން ޖަވާބު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މި ބުރާތަށް 473 ފޮޓޯ ހުށަހެޅިފައިވާ ކަމަށާއި އެގޭ ތެރެއިން ވަކި ފޮޓޯތަކެއް ހޮވާފައި ވަނީ ފަންޑިޔާރުން ވަކި އުސޫލުތަކަކަށް ބައްލަވައި އިންސާފް ކުރައްވައިގެންނާއި ފޭސްބޫކް މެދުވެރިކޮށްގެން އާންމުނަށް ކަމުދިޔަ ފޮޓޯތައް ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިޔާތުގައި ފޮޓީ މުބާރާތުން އެއް ވަނަ ، ދެ ވަނަ އަދި ތިން ވަނަ އަށް ދިޔަ ފަރާތަށް ވަނީ އިނާމް ހަވާލު ކޮށްފަ އެވެ.

މާދާމާގެ ނިޔަށް ކުރިއަށްދާ މި ފޮޓޯ މައުރަޒުގައި މުޅި އެކު 50 ފޮޓޯ އާންމުކޮށް ދައްކާލުމަށް ބައްޓާފައިވެ އެވެ.