28 Sep 2020, 23:40
އެއް މެނޭޖުމެންޓެއްގެ ދަށުން ހިންގާ ރިސޯޓުތަކުގައި ދަތުރުކުރެވޭގޮތަށް ޓޫރިޒަމް ދާއިރާގެ އެސްއޯޕީ އަށް ބަދަލު ގެނެސްފި އެވެ.
މިރޭ އާންމު ކުރި އާ ގައިޑްލައިން ބުނާގޮތުން އެއް މެނޭޖުމެންޓެއްގެ ދަށުން ހިންގާ ރިސޯޓުތަކުގެ މެދުގައި ދަތުުރު ކުރެވޭނީ ދަތުރުކުރާ ދެ ރިސޯޓުން ކުރެ އެއްވެސް ރިސޯޓެއް މޮނީޓަރިންގެ ހާލަތުގައި ނެތް ނަމަ އެވެ.
ނަމަވެސް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށަކަށް ދަތުރު ކުރާނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެ އެވެ. އަދި ބަލި ފެތުރޭ ރަށަކުން ރިސޯޓަށް ދާ މުވައްޒަފުންންނަށް މަސައްކަތަށް ނިކުމެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކޮށްގެންނެވެ.
އެއް ރިސޯޓުން އަނެެއް ރިސޯޓަށް ދަތުރު ކުރެވޭގޮތަށް ބަދަލު ގެނައީ އެއް މެނޭޖުމެންޓެއްގެ ދަށުން ހިންގާ ދެ ފެސިލިޓީއެއްގެ ދެމެދުގައި ކުރާ ދަތުރުތައް މެނޭޖުކޮށް ކޮންޓެކްޓު ބެލެހެއްޓުމަށް ފަސޭހަވާނެތީ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މީގެ އިތުރުން އޮކިޔުޕެންސީ އަށް ބަލައި މުވައްޒަފުން މެނޭޖުކުރުމަށްވެސް ފަސޭހަވާނެތީ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެއް މެނޭޖުމެންޓުގެ ދަށުން ހިންގާ ރިސޯޓުތަކުގެ މެދުގައި ދަތުރު ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާއިރު ފަތުރުވެރިންނަށް ސްޕްލިޓް ސްޓޭގެ ހުއްދަވެސް މިހާރު ވަނީ ދީފަ އެވެ. މީގެ އިތުރުން ގެސްޓްހައުސްތައް އަންނަ މަހު ހުޅުވާލާއިރު، ރިސޯޓުތަކާއި ގެސްޓްހައުސް އޮޕަރޭޓު ކުރާ ރަށްރަށާ މެދު ފަތުރުވެރިންނަށްވެސް ދަތުުރު ކުރެވޭނެ އެވެ.