28 Sep 2020, 22:14
ވަކި ހާއްސަ ހާލަތްތަކެއްގައި ގެސްޓް ހައުސް ހިންގާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ ކަރަންޓީނުވާން މަޖުބޫރު ނުވާނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ޓޫރިޒަމް ސެކްޓާ އާއި ގުޅޭ އާ އެސްއޯޕީ ގައި ބުނީ ފަތުރުވެރިންނަށް ހިދުމަތްދޭ ގެސްޓް ހައުސް ހިންގާ ރަށަކުން، ގެސްޓްހައުސް އޮޕަރޭޓު ނުކުރާ ރަށަކަށް ދާނަމަ، 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކޮށް ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ ކަމަށެވެ. އަދި ގެސްޓްހައުސް ހިންގާ ރަށުގައި ކޮވިޑުގެ ކޭހެއް އެވަގުތު ނެތްނަނަމެސް މި ގޮތަށް އަމަލު ކުރަންވާނެ ކަމަސް ބުނެފައިވެއެވެ.
ނަމަވެސް ބައެއް ހާއްސަ ހާލަތްތަކުގައި ކަރަންޓީނު ވުުމެއްނެތި އެހެން ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށް އެސްއީޕޯގައި ބުނެފައިވެއެވެ. އެގޮތުން ސިއްހީ ބޭނުމަކަށް ނުވަތަ އެފަދަ އެނޫންވެސް ޒަރޫރީ ބޭނުމަކަށް ގެސްޓް ހައުސް ހިންގާ ރަށަކުން ގެސްޓް ހައުސް އޮޕަރޭޓު ނުކުރާ ރަށަކަށް ދަތުރު ކުރާނަމަ ވަކި ކަންތައްތަކެއް ފުރިހަމަވޭތޯ ބަލައެވެ.
އެގޮތުން ދަތުރު ކުރާ މީހަކީ ހުރިހާ ވަގުތަކުވެސް މާސްކު އަޅައިގެން އުޅޭ މީހަކަށް ވާންޖެހޭނެ ކަމަށާއި އެ ގެސްޓްހައުސް ހިންގާ ރަށުގެ ރައްޔިތުންނާ އަދި ގެސްޓުންނާ އިންޓަރެކްޓުވުން ވީހާވެސް މަދުކުރަން ޖެހޭނެ ކަމަށާއި އެގޮތަށް ދަތުރު ކުރާ މީހަކީ ގެސްޓްހައުސް އެއްގައި މަޑުކޮށްފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ގެސްޓްހައުސް ހިނގާ ރަށުގެ ކެފޭ ރެސްޓޯރެންޓުތަކުން ޑައިން އިންގެ ހިދުމަތް ހޯދުމުގެ ބަދަލުގައި ޓޭކްއަވޭ ނުވަތަ ޑެލިވަރީގެ ހިދުމަތް ހޯދުމަށްވެސް ބުނެފައިވެއެވެ.
އެސްއޯޕީ ބުނާގޮތުން ގެސްޓްހައުސް ހިންގާ ރަށްރަށުގެ ދެމެދު ދަތުރުކުރާނަމަ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރާކަށް ނުޖެހެއެވެ.
މީގެ އިތުރުން ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސިން ހިމެނޭގޮތުން ގްރޭޓާ މާލެ ސަރަހައްދުން ގެސްޓްހައުސް ހިންގާ ރަށަކަށް ދާނަމަ ގެސްޓްހައުސްތަކުގައި މަޑު ނުކުރެވޭނެ ކަމަށާއި އެހެން ރަށަކުން ގެސްޓްހައުސް ހިންގާ ރަށަކަށް ގޮސް ގެސްޓުހައުސް ގައި މަޑުކުރާނަމަ ރަށުގެ އެހެން ގޭގެއަށް ގޮސްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
އަދި ގެސްޓްހައުސްގައި މަޑުކުރުމަށްފަހު އެހެން ރަށަކަށް ދަތުރުކުރާނަމަ އަދި އާންމުންގެ ތެރޭ އުޅޭނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ގެސްޓު ހައުސް ތަކަށް އަންނަ ފަތުރުވެރިން، ގެސްޓްހައުސް ހުންނަ ރަށުން ގެސްޓް ހައުސް ނުހުންނަ/ އޮޕަރޭޓު ނުކުރާ ރަށަކަށް ދަތުރު ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ގެސްޓްހައުސް ހިންގާ ރަށްރަށިގެ ދެމެދު ފަތުރުވެރިންނަށް ދަތުރު ކުރެވޭނެ ކަމަށާއި ރިސޯޓު ތަކާއިި ގެސްޓްހައުސް ހިންގާ ރަށާއި ދެމެދުވެސް ދަތުރު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. މިގޮތަށް ދަތުރު ކުރެވޭނީ ގެސްޓްހައުސް ހިންގާ ރަށަކީ އެޗްޕީއޭ އިން މޮނީޓަރިން އަށް ލާފައިވާ ރަށަކަށް ނުވާ ނަމައެވެ.
ނަމަވެސް ި ގެސްޓްހައުސް ހިންގާ ރަށެއްގައި ހުރި ފަތުރުވެރިޔާ އަށް ސަފާރީއަކަށް ނުދެވޭނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުުރުން އެއްރަށުން އަނެއްރަށަށް ގެސްޓުން ދަތުރު ކުރުމުގެ ކުރިން އެގްޒިޓް ސްކްރީނިން ހަދައި ބަލީގެ އަލާމާތްތައް ހުރިތޯ ބަލަން ޖެހޭނެ ކަމަށާއި އަލާމާތްތައް ހުރިނަމަ ދަތުރު ކުރެވޭނީ ބައްޔަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެސްއޯޕީ ގައި ބުނެފައިވެއެވެ. އެގޮތުން ގެސްޓްހައުސް ހިންގާ ރަށްރަށުގެ މެދުގައި ނުވަތަ ގެސްޓްހައުސް ހިންގާ ރަށަކުން ރިސޯޓަށް ދާނަމަވެސް ފަތުރުވެރިންގެ އެގްޒިޓް ސްކްރީނިން ހަދަން ޖެހެއެވެ.
ގެސްޓްހައުސްއެއްގައި ހުރި ފަތުރުވެރިއަކު ނުވަތަ ސްޓާފެއްގެ ފަރާތުން ކޮވިޑް19ގެ އަލާމާތެއް ފެނިއްޖެނަމަ އެމީހަކު އައިސޮލޭޓު ކޮށް ބައްޔަށް ޓެސްތު ކުރުަން ޖެހޭނެ ކަމަށާއި ގެސްތު މީހާ އަކީ އެހެން ބަޔަކާއެކު ރޫމް ޝެއާ ކުރާ މީހެއްނަމަ، އަލާމާތްތައް ފެނުނު މީހާ އައިސޮލޭޓު ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ގެސްޓުްނނަޢި ސްޓާފުންގެ ތެރެއިން އަލާމާތްތައް ފެންނަ މީހުންގެ ޓެސްތު ހެދުމަށް ސާމްޕަލް ނަގާނީ ރަށުގައި ގާއިމް ކޮށްފައިވާ ފްލޫ ކްލިނިކުންނެވެ. ގެސްޓްހައުސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދެނީ ފްލޫ ކްލިނިކް ގާއިމް ކުރުމުންނެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އަލާމާތްތައް ކުޑަކޮށް ފެންނަ މީހުންނާއި ހައި ރިސްކު ނޫން މީހުން ރަށުގައި އައިސޮލޭޓު ކުރާއިރު ހައި ރިސްކު މީހުންނާއި ބޮޑެތި އަލާމާތައް ފެންނަ މީހުން ރީޖަނަލް ކޮވިޑް ފެސިލިޓީ އަށް ގެންދަން ޖެހެއެވެ. މިގޮތަށް އައިސޮލޭޓުވާއިރު ފަރުވާއަށް ދާ ހަރަދު ދޭންޖެހޭނީ ފަތުރުވެރިޔާ އަދިަ ގެސްޓްހައުސް އިންނެވެ.
ގެސްތްހައުސް ހިންގާ ރަށުގައި ހުރި ޓޫރިސްޓު ބެޑުގެ ނިސްބަތުން ކަރަންޓީނަށް އެނދު ހާއްސަ ކުރަންޖެހެއެވެ
އެގޮތުން 500 އެނދަށްވުރެ ގިނަ އެނދު ހުރިނަމަ 15 އެނދު 100 އާއި 5000 އާއި ދެމެދު އެނދު ހުރިނަމަ އަށް އެނދު އަދި 100 އަށްް ވުރެ ގިނަ އެނދު ހުންނަ ރަށްރަށުން ފަސް އެނދު އެކަމަށް ހާއްސަ ކުރަންޖެހެއެވެ.
މި އަދަދަށް ވުރެ އިތުރަށް އައިސޮލޭޝަން އަދި ކަރަންޓީނަށް އެނދު ބޭނުންވެއްޖެ ނަމަ އެކަން ހައްލުކުރާނީ ކައުންސިލާއި ގެސްޓްހައުސްތަކުން ވާހަކަ ދައްކައިގެންނެވެ.
މި އެސްއޯޕީ ބުނާގތުން ފަތުރުވެރިން ރަށްރަށުގެ ގެސްޓްހައުސްގައި ތިބޭއިރު ރަށުގެ އާންމު ހުރިހާ ތަނަކަށް ދެވޭނެއެވެ. ނަމަވެސް އާންމު ގޭގެއަށް ދިޔުން މަނާވާނެއެވެ.
ގެސްޓްހައުސްގެ ސްޓާފުންނަށް ހާއްސަ ސްޓާފް ޝަވާ އެއް ގާއިމް ކުރަންޖެހޭއިރު ސަލާމަތާއި ރައްކާތެރިކަމަށް އަދި ސާފުތާހިރުކަމަށް ސްޓާފުން އަހުލުވެރިކުރަންޖެހެއެވެ. ސްޓާފުން ލާ ޔުނިފޯމު ދޮވެ ހެދުމުގެ އިންތިޒާމު ގެސްޓްހައުސްގައި ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ކަމަށައި ގެއަށްދާއިރު ދާންޖެހޭނީ ފެންވަރައި ހެދުން ބަދަލުކޮށްގެން ކަމަށް އެސްއޯޕީ ގައި ބުނެފައިވެއެވެ.
ގެސްޓްހައުސް އޮޕަރޭޓު ކުރަން ފެށުމުން އެރަށުގެ ހުރިހާ ރައްޔިތުންވެސް އަދި ފަތުރުޗެރިންވެސް ބޭރަށް ނިކުމެ އުޅެންވާނީ މާސްކު އަޅައިގެން ކަމަށާއި ފިހާރަތަކާއި ރެސްޓޯރެންޓު ތަކުން ހިދުމަތް ދޭއިރު އެޗްޕީއޭގެ ގައިޑްލައިން ތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
މާލެ ފިޔަވައި ރަށްރަށުގެ ގެސްޓްހައުސް ތައް ހުޅުވަން ނިންމާފައިވަނީ އޮކްޓޯބަރު 15 ގައެވެ. މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދެވޭނީ މާލެ ސަރަހައްދުން ނަގާސާމްޕަލްތައް ޕޮޒިޓިވްވާ މިންވަރު 28 ދުވަސް ވަންދެން ފަސް ޕަސެންޓުގައި ހިފެހެއްޓުމުންނެވެ. އެއީ ސާމްޕަލްގެ އަދަދުން ބަލާނަމަ ދުވާލަކު 1000 ސާމްޕަލް އަށްވުރެ މަދު ނޫން އަދަދަކުން ޕޮޒިޓިވް ޕަސެންޓޭޖު ފަހަކަށް ވުރެ ދަށުގައި ހިފެހެއްޓުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.