16 Jan 2012, 15:31
އާޓްސް ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބޭފުޅުން ހަމަޖައްސަވައިފި އެވެ.
އާޓްސް ކައުންސިލަކީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާގެ ދަށުން އުފައްދަވާފައިވާ ކައުންސިލެކެވެ.
ކައުންސިލަށް ރައީސް އައްޔަން ކުރެއްވި ބޭފުޅުންނަކީ ކްރާފްޓްސްގެ ދާއިރާއިން ގަލޮޅު އައިފާ، މޫނިސާ ޢަބްދުﷲ ލުޠުފީ އާއި، ވިސުއަލް އާޓްސްގެ ދާއިރާއިން މއ. ވިކްޓްރީ، ފަޒާއިލް މުޞްޠަފާ ލުޠުފީ އާއި، ފިލްމީ ދާއިރާއިން ސ. މަރަދޫ މޫންލައިޓް ހައުސް ޙުސައިން ނޫރައްދީން ނާޞިރާއި، ލިޔުންތެރިކަމުގެ ދާއިރާއިން ހ. ހުދުފިނިފެންމާގޭ ޙަސަން ޝާކިރު މުޙަންމަދާއި، މިއުޒިކުގެ ދާއިރާއިން މ. މާނެލް މުޙަންމަދު ޙަސަން ދީދީ އާއި، ތިއޭޓާ އެންޑް ޑްރާމާގެ ދާއިރާއިން ގ. ޑޭޒީފެހި މުޙަންމަދު ޙިލްމީ އާއި، އާޓްސް އެންޑް ކަލްޗާ މިނިސްޓްރީން ގ. ބޮޑުފެންވަޅުގޭ މުޙަންމަދު މުޞްޠަފާ ޙުސައިނާއި، ހ. ވިންޓާ ބްލޫ އަޙްމަދު ޝުޢާއެވެ.