28 Sep 2020, 07:47
ޒުވާން އެކްޓަރު ވިކީ ކޯޝަލް،32، ފިލްމު ކުޅެދޭ އަގުބޮޑުކުރި ކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަތަކަށް އޭނާ ރައްދުދީފި އެވެ.
ވިކީ ބުނީ އޭނާ ފިލްމު ކުޅެދޭ އަގު ބޮޑު ނުކުރާ ކަމަށާއި އެކި ފިލްމުތަކަށް ކިޔަނީ އެކި އަގުކަމަށެވެ. އަދި ފިލްމްތަކަށް އަގު ކިޔަނީ އެ ފިލްމަކީ ކިހާވަރެއްގެ ފިލްމެއްކަން ބަލައި ފިލްމުގެ ޝޫޓިންނަށް ހޭދަވާ މުއްދަތު ބެލުމަށް ފަހު ކުރަން ޖެހޭ މަސައްކަތްތަކަށް ބެލުމަށް ފަހު ކަމަށެވެ. އަދި މީޑިއާތަކުގައި ދޮގު ވާހަކަ ހިމެނޭ ޚަބަރު ނުފެތުރުމަށް ވެސް އޭނާ އެދެއެވެ.
ބޮލީވުޑްގައި ކުރިއަރަމުން އަންނަ ޑިމާންޑް ބޮޑު ބަތަލު ވިކީ ބުނީ ފިލްމު ކުޅުމަކީ އޭނާގެ ވަޒީފާކަމަށާއި ފިލްމެއް ބޮޑުތަނުން ކާމިޔާބުވެއްޖެ ނަމަ އެ ފިލްމެއް ކުޅުނު ކޮންމެ ތަރިއެއް ވެސް ދެން އެހެން ފިލްމެއް ކުޅޭއިރު އެ ކާމިޔާބުވި ފިލްމު ކުޅުނު ވަރަށްވުރެ ބޮޑު އަގެއް އެހެން ފިލްމަށް ކިޔާނެ ކަމަށެވެ.
ވިކީ ބުނީ ފިލްމުކުޅުމަކީ ވަކި ފިކްސްޑް އަގެއް ދީގެން ކުރާ ކަމެއް ނޫންކަމަށާއި ފިލްމީ މަސައްކަތަކީ ވެސް ބުރަ މަސައްކަތެއް ކަމަށެވެ. ދެހާސް ފަނަރަވަނަ އަހަރު ނުކުތް ފިލްމު "މަސާން" އިން ބޮލީވުޑަށް ނުކުތް ވަނީ އެ ފިލްމުން އައިފާ އެވޯޑް އަދި ސްޓާ ސްކްރީން އެވޯޑުގެ އެންމެ މޮޅު ޑެބިއު ފިރިހެން ތަރީގެ އެވޯޑު ހާސިލްކޮށްފަ އެވެ.
އެކްޓަރު ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނީ އަންނަ ޖަނަވަރީ މަހު ރިލީޒްކުރާ "ސަރުދާރު އުދަމް ސިންގް" އިންނެވެ.