26 Sep 2020, 12:35
ދުނިޔޭގެ މިވަގުތު ހުރި އެންމެ ބޮޑެތި ވޯޓާ ވިލާތައް ސޮނެވާފުށީގައި އިއްޔެ ހުޅުވައިފި އެވެ.
ރާއްޖޭގެ އެކި ރެޒޯޓުތަކުގައި ވޯޓާ ވިލާތައް ގިނައިން ހުރެއެވެ. ލަގްޒަރީ ޓުއަރިޒަމް އެއް ރިޒޯޓުތަކުން ޕްރޮމޯޓްކުރާއިރު ވޯޓާ ވިލާއަކީ އޭގައި ބޮޑު މަގުބޫލުކަމެއް ހިމެނޭ އެއް ތަނެވެ.
އެހެންނަމަވެސް ސޮނެވާ އަކީ ރިސޯޓުތަކުގެ ތެރެއިން ތަފާުތުތަކެއް ދައްކާފައިވާ ރިސޯޓުތަކެވެ.
ސޮނެވާފުށިން ބުނާގޮތުގައި އިއްޔެ އެ ރިސޯޓުގައި ހުޅުވާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކޯޓަރީގެ ވިލާތަކާއި ދެކޮޓަރީގެ ވޯޓާ ވިލާތަކެވެ.

ދުނިޔޭގެ އެންމެ ބޮޑު ކަމަށް ބުނާ ވޯޓާ ވިލާތައް ހުޅުވާފައިވަނީ ސޮނެވާފުށީގައި --- ފޮޓޯ : ސީއެންއެން
ދުނިޔޭގެ އެންމެ ބޮޑު ވޯޓާ ވިލާތަކަށް ވަނީ ކިހާބޮޑުވެގެން ހެއްޔެވެ؟ ސޮނެވާފުށިން ބުނާގޮތުގައި އެއް ކޮޓަރީގެ ވޯޓާ ވިލާތަކުގެ ބޮޑުމިނުގައި 6،286 ސްކުއެއާ ފީޓް ހުންނާނެއެވެ. އަދި ދެކޮޓަރީގެ ވޯޓާ ވިލާތަކުގެ ބޮޑުމިނުގައި 9،224 ސްކުއެއާ ފީޓް ހުންނާނެއެވެ.
"ވޯޓާ ރޫމްސް"ގެ ނަން ދީފައިވާ އެންމެ ބޮޑު ވިލާތަކުގެ ޖުމްލަ އަށް ވިލާ ސޮނެވާފުށީގައި ހިމެނޭނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.
އެ ވިލާތައް ހާއްސަވަނީ ވިލާތަކުގެ ސައިޒުން އެކަންޏެއް ނޫނެވެ. އެގޮތުން ރިސޯޓުން ބުނެފައިވާގޮތުގައި އެ ރިސޯޓުގެ ތަޅުމަށް ބިއްލޫރި ޕެނަލް ބޭނުންކޮށްފައިވާނެ އެވެ. އެއީ ފައިގެ ދަށުން މޫދާއި މުރަކަތައް ރީތިކޮށް ބަލާލުމަށް ފުރުސަތު ދިނުމަށްކަމަށް ސޮނެވާފުށިން ބުނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކަމަށް ބުނާ ވޯޓާ ވިލާތައް ހުޅުވާފައިވަނީ ސޮނެވާފުށީގައި --- ފޮޓޯ : ސީއެންއެން
އަދި ވިލާގެ މަތީން ސީދާ މޫދަށް ކައްސާލެވޭގޮތަށް ހާއްސަ ސްލައިޑެއްވެސް އެ ވިލާތަކުގައި ހަރުކޮށްފައި ހުންނާނެއެވެ. އެއީ ސޮނެވާގެ އިތުރު އައުޓްލެޓްއެއް ކަމަށްވާ ސޮނެވާ ޖާނީގައިވެސް ހުރި ވޯޓާ ވިލާތަކުގައި ބޭނުންކޮށްފައިވާ ހިދުމަތެކެވެ.
ސޮނެވާފުށި އަކީ ތަފާތު ބޮޑެތި ހިދުމަތްތަކެއް ތައާރަފުކޮށްފައިވާ ތަނެކެވެ. އެގޮތުން އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގެ ތެރެއިން އެންމެ ބޮޑު އައުޓްޑޯ ފިލްމު ސްކްރީންވެސް އިންނަނީ ސޮނެވާފުށީގަ އެވެ.
އެ ވިލާތަކުގެ ތެރެއިން އެއް ކޮޓަރީގެ ވިލާއެއްގެ އަގު އުޅެނީ ރެއަކަށް 2،626 ޑޮލަރަށެވެ. އަދި ދެ ކޮޓަރީގެ ވިލާތަކުގެ އަގު އުޅެނީ ރެއަކަށް 5،332 ޑޮލަރަށެވެ.