23 Sep 2020, 22:10
މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 67 މީހަކު ދެނެގަނެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހީންނާއި 34 ބިދޭސީން ކަމަށެވެ. މިއަދު 65 ކޭސް މާލެއިން ފެނުނު އިރު އަތޮޅުތެރެއިން ފެނުނީ ދެ ކޭސް އެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 9,885 އަށް އަރައިފައެވެ.
މިއަދު އިތުރު 92 މީހަކު ބަލިން ރަނގަޅުވިއިރު، ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ ވަނީ 8530 އަށް އަރައިފައެވެ. އެއީ ރާއްޖެއިން ބަލިޖެހުނު މީހުންގެ 86 ޕަސެންޓެވެ.
މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1،315 މީހެކެވެ. އޭގެ ތެރެއިން 93 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، 656 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން 34 މީހަކު ވަނީ މަރުވެފައެވެ.