ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ އޮކްޓޫބަރު ފަހެއްވާ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް ދިޔައީ ސެޕްޓެމްބަރު ހަވަނަ ދުވަހުއެވެ. ދެވަނަ ދައުރުގައި ޖުމްލަ 37 ޖަލްސާ ބޭއްވިއިރު، 21 ބިލު ވަނީ ފާސްކޮށްފައެވެ.

މި މަހުގެ ހަވަނަ ދުވަހު އޮތް ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ދައުރުގައި 68 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

މަޖިލިސް ގަވައިދުގާވާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ނިމޭނީ މި ހިނގާ އޮގަސްޓް މަހުގެ ނިޔަލަށެވެ. އެހެން ނަމެވެސް މެމްބަރުން ބޭނުން ވެއްޖެ ނަމަ ދައުރު ދިގު ދެމުމާމެދު ގޮތެއް ނިންމުމުގެ ބާރު މެމްބަރުންނަށް އޮވެއެވެ.

އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ދެވަނަ ދައުރު ވަނީ ދަންމާލައިފައެވެ.