23 Sep 2020, 16:04
މެޑިޓަރަނޭނިއަން ކަނޑުން 320 ޓްރިލިއަން ކިއުބިކް ފީޓްގެ ގޭސް ފެނިފައިވާކަމަށް މިސްރުގެ ޕެޓްރޯލިއަމް މިނިސްޓަރު ތާރިގް އަލް މޯލާ ވިދާޅުވެއްޖެއެވެ.
ހަތް މެޑިޓަރޭނިއަން ގައުމުތަކުގެ މައްޗަށް އެކުލެވޭ "އީސްޓް މެޑިޓަރޭނިއަން ގޭސް ފޯރަމް" މިދިޔަ އަހަރު ވަނީ އިފްތިތާހްކޮށްފައެވެ. އެ ފޯރަމްގައި އިސްރާއިލް، މިސްރު، ގްރީސް، އުރުދުން، އިޓަލީ އަދި ފަލަސްތީން ނެޝަނަލް އޮތޯރިޓީ ހިމެނެއެވެ.
އިއްޔެ އެ ފޯރަމް ވަނީ ރަސްމީގޮތުން ޖަމިއްޔާއަކަށް ބަދަލުކޮށް ހެޑްކުއާޓަރުގެ ގޮތުގައި މިސްރު ހަމަަޖައްސައިފައެވެ.
މިސްރުގެ ޕެޓްރޯލިއަމް މިނިސްޓްރީން ބުނީ އެ ފޯރަމްގެ ބޭނުމަކީ މެޑިޓަރޭނިއަން ސަރަަހައްދުގައި ގޭސް ވިއްކުމުގެ މާކެޓަކަށް ހަދައި ވާދަވެރި އަގުތަކެއްގައި ގޭސް ވިއްކުން ކަމަށެވެ.
އެ ފޯރަމްގައި ތުރުކީ އަދި ލީބިޔާ ނުހިމެނެއެވެ. ތުރުކީން ބުނީ އެ ފޯރަމަކީ އެގައުމާ ދެކޮޅަށް އެކުލަވާލައިފައިޗާ ފޯރަމެއް ކަމަށެވެ.
މެޑިޓަރޭނިއަން ކަނޑުގައި ގްރީސްގެ ސަރަހައްދުން ތުުރުކީން ދާދި ފަހުން ވަނީ ގޭސް ހޯދުމުގެ މަސައްކަތް ކޮށްފަައެވެ. ނަމަވެސް ޔޫރަޕިއަން ޔޫނިއަން އަދި ގްރީސްގެ ފިއްތުންތަކާ ގުޅިގެން އެކަން ވަގުތީ ގޮތުން ތުރުކީން ވަނީ މަޑުޖައްސާލައިފައެވެ.
މެޑިޓަރޭނިއަން ކަނޑުގެ އެކި ގައުމުތަކުގެ އިކޮނޮމިކް ޒޯންތަކުން ވަނީ ބޮޑެތި ގޭސެްވަޅުތައް ފެނިފައެވެ. އެގޮތުން މިސްރުން އެކަނިވެސް 2015 ވަނަ އަހަރު ވަނީ 30 ޓްރިލިއަން ކިއުބިކް ފީޓްގެ ގޭސް ވަޅެއް ހޯދައިފައެވެ.-- މިޑްލްއީސްޓްމޮނިޓާ