24 Sep 2020, 08:25
މަޝްހޫރު އެކްޓަރު އާމިރު ޚާން އާއި ކަރީނާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ލާލް ސިންހް ޗައްޑާ"ގެ ޝޫޓިން އަށް ކަރީނާ ދިއްލީ އަށް ފުރައިފި އެވެ.
އެ ފިލްމުގެ ކަރީނާ ފެނިގެންދާ މަންޒަރުތައް ޝޫޓްކޮށް ނިންމުމަށް ފިލްމުގެ ޝޫޓިން އަވަސްކުރީ ކަރީނާ ބަނޑުބޮޑުވުމާ ގުޅިގެންނެވެ. ކަރީނާއާއެކު އޭނާގެ ފިރިމީހާ އެކްޓަރު ސައިފް އަލީ ޚާން އާއި ދަރިފުޅު ތައިމޫރު އަލީ ޚާން ވެސް ދިއްލީ އަށް ވަނީ ގޮސްފައެވެ.
އެ ފިލްމަކީ މިއަހަރު ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ. ނަމަވެސް މިހާރު އެ ފިލްމު ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ފަސްކޮށްފަ އެވެ. މި ފިލްމަކީ ހޮލީވުޑްގެ ޑައިރެކްޓަރު ޓޮމް ހޭންކް ގެނެސްދިން "ފޮރެސްޓް ގަމްޕް"ގެ ހިންދީ ރީމޭކްއެކެވެ.
ލާލް ސިންގް ޗައްޑާ އަކީ އާމިރު އާއި ކަރީނާ އެކުގައި ކުޅޭ ތިން ވަނަ ފިލްމެވެ. ދެތަރިން އެންމެ ފުރަތަމަ ސްކްރީނުން ފެނިގެން ދިޔައީ "ތްރީ އީޑިއަޓްސް" އިންނެވެ. އެއަށް ފަހު ދެތަރިން އެކުގައި "ތަލާޝް" ކުޅުނެވެ.