14:30


މާލިއްޔަތުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ކާޑުގެ އަގު ސަތޭކަ ޕަސެންޓަށްވުރެ މައްޗަށް އުފުލޭނެ ކަމަށް އެސްޓީއޯ އިން އިންޒާރު ދީފި އެވެ.


އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ މިއަދު ވިދާޅުވީ، އެސްޓީއޯއިން ކާޑުގެ ބާވަތްތައް ވިއްކަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގަކަށް ކަމަށެވެ. ނަމަވެސް މާލިއްޔަތުގެ ގާނޫނަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހްގެ ސަބަބުން ސަރުކާރުންދޭ ސަބްސިޑީ ހުއްޓާލައިފިނަމަ ކާޑުގެ އަގު ބޮޑުވާނެ ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ވެސް ޝާހިދު ދެއްވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީ އިބްރާހިމް ރަޝީދު ވިދާޅުވީ، މާލިއްޔަތުގެ ގާނޫނަށް ގެނައުމަށް ފާސްކޮށްފައިވާ އިސްލާހްގެ ސަބަބުން ކާޑު އަގު ބޮޑުވުމުގެ އިތުރުން، އެންސްޕާއިން ދެމުންގެންދާ ހިދުމަތްތަކަށާއި، ރައްޔިތުންނަށް ސަރުކާރުން ދެމުންދާ އެކި އެކި އިނާޔަތްތަށް ވެސް ހުއްޓޭނެ ކަމަށެވެ.