15 Jan 2012, 21:57
ގިނަ އަދަދެއްގެ މީހުންނާއެކު މާލެއިން ފުރައިގެން ދ. މީދޫއަށް ދަތުރުކުރި ދޯންނެއް ފަރަށް އަރައިފި އެވެ.
އަންހެންނުންނާއި ކުޑަކުދިން ވެސް ދަތުރުކުރި ދޯންޏަށް ދިމާވި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.
ރޭ ގާތްގަނޑަކަށް 7:30 އެހާކަންހާރިއު ފަރަށް އެރީ މީދޫ ނޫރަންގޭގެ އަބްދުލް ރަޝީދުގެ "ނަޞްރު" ދޯންޏެވެ. ނަސްރު އެރީ ކ. މަނިޔަފުއްޓާއި ދިމާ ބޭރު ފަރަކަށެވެ.
އެމްއެންޑީއެފުން ބުނީ 19 ފިރިހެނުންނާއި އަށް އަންހެނުން އަދި ދެ ކުޑަކުދިން ވެސް ތިބި ދޯނިން މީހުން ސަލާމަތް ކުރަން މަސައްކަތް ކުރުމަށް ފަހު ޓަގެއްގެ އެހީގައި ދޯނި ވެސް ފުންކޮށްފައިވާ ކަމަށެވެ.
ނަސްރު ދޯންޏަށް އެހީވުމަށް ފުލުހުންގެ މެރިން ޕޮލިސް ވެސް ރޭ ހަރަކާތްތެރިވި އެވެ.