20 Sep 2020, 22:05
މިއަދު ރައްޖެއިން ކޮވިދް19 އަށް ޕޮޒިޓިވްވީ 75 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ 22 ދިވެހިންނާއި 53 ބިދޭސިންނެވެ.
މިއަދު ޕޮޒިތިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިްވި 72 މީހުންނާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި ތިން މީހެކެވެ. މިއާއެކު ރާއްޖެއިން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9،724 އަށް އަރައިފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ 73 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ވަނީ 8،261 އަށް އަރައިފައެވެ.
މިވަގުތު 1،424 މީހުން ބައްޔަށް ފަރުވާ ހޯދަމުންދާއިރު 107 މީހަކު ހޮސްޕިޓަލުގައި އެބަތިއްބެވެ. 686 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިބި ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީގޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު 24 ރަށެއްގައި ކޮވިޑުގެ 50 ކޭސް އެބައޮތެވެ. މީގެ އިތުރުން 26 ރިސޯޓެއްގައި ބައްޔަށް ޕޮޒިޓިވް 15 ފަތުރުވެރިއަކާއި 39 ސްޓާފަކު އެބަތިއްބެވެ.
މިހާތަނަށް ރާއްޖެއިން 33 މީހަކު ވަނީ ކޮވިޑް19 ގައި މަރުވެފައެވެ.