ރާއްޖޭގެ މީހުން ދިރިއުޅޭ 21 ރަށެއްގައި މިވަގުތު ކޮވިޑް19 ގެ 48 ކޭސް އެއް އުޅޭކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ، 9،568 އަށް އަރާފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1،452 މީހުންނެވެ.

އޭގެ ތެރެއިން 48 މީހަކު ތިބީ އަތޮޅުތެރޭގެ ރަށްތަކުގައެވެ. އެކްޓިވް ކޭސްތައް ހުރި ރަށްތައް:

  • ހއ. ދިއްދޫ (ފުރަބަންދު 4)

  • ހއ. އިހަވަންދޫ (ފުރަބަންދު 7)
  • ހއ. ކެލާ (ފުރަބަންދު 1)
  • ހދ. ހިރިމަރަދޫ (ފުރަބަންދު 1)
  • ށ. ފީވައް (ފުރަބަންދު 1)
  • ނ. މަނަދޫ (ފުރަބަންދު 1)
  • ރ. ރަސްމާދޫ (ފުރަބަންދު 1)
  • ރ. ދުވާފަރު (1 ކޮންޓެކްޓް)
  • ޅ. ނައިފަރު (3 ކޮންޓެކްޓުން)
  • ކ. ހުރާ (ފުރަބަންދު 1)
  • ކ. ހިންމަފުށި (ފުރަބަންދު 1)
  • ދ. ހުޅުދެލި (ފުރަބަންދު 1)
  • ތ. ވޭމަންޑޫ (ފުރަބަންދު 1)
  • ލ. ގަން (ފުރަބަންދު 1)
  • ގއ. ވިލިނގިލި (ފުރަބަންދު 1)
  • ގއ. މާމެންދޫ (ފުރަބަންދު 1)
  • ގދ. ހޯނޑެއްދޫ (17 ކޮންޓެކްޓުން)
  • ގދ. ގައްދޫ (ފުރަބަންދު 1)
  • ގދ. ތިނަދޫ (ފުރަބަންދު 1)
  • ސ. ގަން (1 ކޮންޓެކްޓު)
  • ސ. ހުޅުދޫ (ފުރަބަންދު 1)

ރަށްތަކުގައި ތިބި ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ 34 ދިވެހީންނާއި 14 ބިދޭސީންނެވެ. އަދި ހަތަރި މީހަކަށް އަންނަނީ ފެސިލިޓީތަކުގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ހޯނޑެއްދޫއާއި މަޑަވެލި އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 8،077 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 84 ޕަސެންޓެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ވަނީ މިހާތަނަށް 33 މީހަކު މަރުވެފައެވެ.