18 Sep 2020, 22:02
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 37 ދިވެހީންނާއި 37 ބިދޭސީން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން ކޮންމެ ރެއަކު ވެސް އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެގެ އިރު އޮއްސި ހަޔަކުން މިއަދުގެ އިރު އޮއްސި ހަޔަކާ ހަމައަށް 1247 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 74 މީހެއްގެ ސާމްޕަލެވެ.
ޕޮޒިޓިވްވި 74 މީހުންގެ ތެރެއިން 70 މީހުން ތިބީ މާލެ ސަރަހައްދުގަ އެވެ. އަނެއް ހަތަރު މީހުން ތިބީ ރަށް ރަށުގަ އެވެ.
މިއަދު ބަލިން ރަނގަޅުވެފައިވަނީ 44 މީހުންނެވެ.
މިއަދު ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ، 9568 އަށް އަރާފައެވެ. އޭގެ ތެރެއިން މިހާރު ފަރުވާ ދެމުން އަންނަނީ 1452 މީހުނަށެވެ.
އެކްޓިވް ކޭސްތަކުގެ ތެރެއިން 106 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި 642 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ބަލީން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 8،077 އަށް އަރާފައެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން ވަނީ މިހާތަނަށް 33 މީހަކު މަރުވެފައެވެ.