ތަބޫކް (ޖަނަވަރީ 15) : ފަރަންސޭސި ވައިގެ ސިފައިންނާ ގުޅިގެން ސައުދީ ވައިގެ ސިފައިން ހިންގަމުން ގެންދިޔަ އަސްކަރީ ތަމްރީން ތަކެއްގައި ދެގައުމުގެ އަސްކަރީ ދެ މަތިންދާ ބޯޓު ޖެހި މުޑިއަރައިފި އެވެ.

ސައޫދީ ދިފާއީ ވުޒާރާ ބުނިގޮތުގައި މުޑިއަރާފައިވަނީ ފަރަންސޭސި މިރާޖް 2000 ގެ ފައިޓަރ ޖެޓަކާއި ސައުދީ ވައިގެ ސިފައިން ބޭނުންކުރާ އެމެރިކާގެ އެފް 15 ގެ ފައިޓާ ޖެޓެކެވެ. ވައިގެތެރޭގައި ހިނގި މިހާދިސާގައި މިދެބޯޓު ހަލާކުވެފައިވީ ނަމަވެސް މިދެބޯޓުގެ ޕައިލެޓުން ވަނީ ސަލާމަތްވެފަ އެވެ.

މިހާދިސާ މެދުވެރިވާން ދިމާވި ސަބަބު ތަޙުގީގު ކުރަމުންގެންދާ ކަމަށްވެސް ސައޫދީ ދިފާއީ ވުޒާރާގެ ބަޔާނެއް ބުނެ އެވެ. ފަރަންސޭސި ވައިގެ ސިފައިންނާ ގުޅިގެން ސައޫދީ ވައިގެ ސިފައިން ތަމްރީންތައް ހިންގަމުންގެންދަނީ ސައޫދީ އަރަބިޔާގެ ތަބޫކް ސަރަޙައްދުގަ އެވެ. (އަލްޖަޒީރާ)