ގުއަޓަމާލާގެ ޢާންމު އިންތިޚާބު ކާމިޔާބު ކުރައްވައި، ގުއަޓަމާލާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި އޮޓޯ ޕެރެޒް މޮލިނާއަށް ރައީސުލްޖުމްހޫރިއްޔާ މުހައްްމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

އޮޓޯ ޕެރެޒް މޮލިނާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ރާއްޖެއާއި ގުއަޓަމާލާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

އަދި ގުއަޓަމާލާއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބުމަށް އެދިވަޑައިގަންނަވަމުން، މި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިޙްލާޞްތެރި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވެއެވެ.