ކޮވިޑް19 އިން މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އުމުރުފުރައަކީ، 30-45 އަހަރު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ހާމަ ކުރެއްވި ކޮވިޑް19 ކޭސްތަކުގެ ފަހުގެ ތަފާތު ހިސާބުތައް ދައްކާގޮތުން އެންމެ ގިނަ މިހުން ޕޮޒިޓިވްވެފައި ވަނީ ޒުވާން އުމުރު ފުރައިންނެވެ.

ތަފާތު ހިސާބުތަކުން ދައްކާ ގޮތުން އުމުރުން 30 އަހަރާއި 40 އަހަރާ ދެމެދުގެ 3،230 މީހަަކަށް ވައިރަސް ޖެހިފައިވެއެވެ.

ދެވަނަ އަށް ބަލި ޖެހިފައިވާ އުމުރުފުރަކީ، 18-30 އަހަރު ޒުވާނުންނެވެ. އެ އުމުރުފުރައިން 2،363 މީހަކު ވަނީ ކޮވީޑަށް ޕޮޒިޓިވްވެފައެވެ.

އެހެން ކަމުން ޒުވާން އުމުރުފުރައިން ޖުމްލަ 5،593 މީހަކަށް ބަލިޖެހިފައިވެއެވެ. މިހާތަނަށް ރާއްޖެއިން 9،243 މީހުން ވައިރަހަށް ޕޮޒިޓިވްވި އިރު، އެއީ ބަލި ޖެހުނު މީހުންގެ ޕަސަންޓެވެ.

ޑރ. އަފްޒަލް މިރޭ އާންމުކުރެއްވި ތަފާސް ހިސާބުތައް: އެންމެ ގިނަ މީހުން ޕޮޒިޓިވްވަނީ،

ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި އަހަރު ނުފުރޭ ކުޑަ ކުދިންނަށް ބަލި ޖެހޭ ނިސްބަތްވެސް ހުރީ ކަންބޮޑުވާ ދަރަޖައެއްގައެވެ. އެ އުމުރުފުރައިން 929 ކުޑަ ކުދިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެކަމުގެ ކަންބޮޑުވުން ޑރ. އަފްޒަލް ހާމަ ކުރެއްވިއެވެ.

"މިއީ އަޅުގަނޑުމެން ވަކިން ވިސްނާލަން ޖެހޭ ކަމެއް. ހަމަ ގައިމުވެސް ކުޑަ ކުދިންނަށް ބަލި ޖެހޭނީ ކޮންމެވެސް އެހެން މީހެއްގެ ފަރާތުން. ކުޑަ ކުދިންނަށްވެސްް ރައްކާތެރިކަން ދެވޭނީ އަޅުގަނޑުމެންގެ އަމަލުތައް ރައްކާތެރިގޮތަކަށް ބަހައްޓައިގެން،" އަފްޒަލް ވިދާޅުވިއެވެ.

ތިން ވަނައަށް މީހުން ޕޮޒިޓިވްވެފައި ވަނީ 40-60 އަހަރުގެ މީހުންނެވެ. އެ އުމުރުފުރައިން 1،144 މީހަކަށް ބަލި ޖެހިފައިވެއެވެ.

ބަލީގެ ނުރައްކާ ބޮޑު، 60 އަހަރާއި 80 އަހަރުގެ އުމުރުފުރައިން 417 މީހަކަށް ބަލި ޖެހުނު އިރު، 80 އަހަރުން މަތީގެ 60 މީހަކަށް ބަލިޖެހިފައިވެއެވެ.

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 70 މީހެކެވެ. އަތޮޅު ތެރެެއިން ފަސް މީހަކު ޕޮޒިޓިވްވިއިރު، މާލެ ސަރަހައްދުން ޕޮޒިޓިވްވީ، 65 މީހެކެވެ.