14 Sep 2020, 22:08
މިއަދު ރާއްޖެއިން ކޮވިޑް 19އަށް 70 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 48 ދިވެހިންނާއި 22 ބިދޭސީން ކަމަށެވެ. އެ 70 ކޭސްތަކުގެ ތެރެއިން 65 ކޭސް ފެނިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ.
މި ކޭސްތަކާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 9،243 އަށް އަރާފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ އަދަދަކީ 1668 އެވެ.
މިއަދު ރާއްޖެއިން 210 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 7536 އެވެ.
ކޮވިޑު ޖެހިގެން ރާއްޖެއިން 33 މީހަކު ވަނީ މަރުވެފަ އެވެ.