ކޮވިޑު19 އިން ފަސޭހަފުޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ދަރުމަވަންތަ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ރައީސް މައުމޫނަށް ކޮވިޑު ޖެހިވަޑައިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެމަނިކުފާނު އެޑްމިޓް ކޮށްފައި އޮންނެވީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

ރައީސް މަައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާލުވީ ﷲގެ ހެޔޮރަހުމަތްފުޅުން ކޮވިޑް ބަލިން ޝިފާ ލިބި ހެޔޮހާލުގައި ގެއަށް ވަޑައިގެންފައިވާ ކަމަށެވެ.

"...އަޅުގަނޑު މިއަދު ދަރުމަވަންތަ ހޮސްޕިލުން ގެޔަށް އަތުވެއްޖައިން. އެކިއެކި ބަލިބަލި ތަޙަންމުލު ކުރައްވާ ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަން،" ރައީސް މައުމޫނުގެ ޓްވީޓުގައި ވިދާޅުވިއެވެ.

މައމޫން ކޮވިޑަށް ޕޮޒިޓިވްވުމުން އެތައް ބަޔަކު އެމަނިކުފާނަށް ހެޔޮ ދުއާ ފޮނުވިއެވެ.