ހަތް މީހުންނާ އެކު މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި ލޭންޑިން ކްރާފްޓެއް ށ. ނަލަދޫ ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެވީ ސްޓާ ނަމަކަށް ކިޔާ އެ ލޭންޑިން ކްރާފްޓު ނަލަދޫ ފަރަށް އަރައި ދިޔަވާކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑް ނަދަން އޭރިއާގެ ސްކޮޑްރަން އިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު ލިބުނީ ރޭ 01:15 ހާއިރު ކަމަށް އެމްއެންޑީއެފްް އިން ބުންޏެވެ.

ފަރަށް އެރި ލޭންޑިން ކްރާފްޓުގައި ތިންް ދިވެހިންނާއި ހަތަރު ބިދޭސިން ތިބި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށްގެއްލުން ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.