މާލީގައި 18 މަސް ދުވަހުގެ އިންތިގާލީ ސަރުކާރެއް ގާއިމުކުރަން އެގައުމުގެ އަސްކަރިއްޔާ އިން އެއްބަސްވެއްޖެ އެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު މޫސާ ކަމަރާ ވިދާޅުވީ އިންތިގާލީ ސަރުކާރުގެ އިސް ބޭފުޅެއްގެ ގޮތުގައި އަސްކަރިއްޔާގެ ބޭފުޅެއް ހުރުން އެކަށީގެންވާ ކަމަށެވެ. އަދި އިންތިހާބެއް ބޭއްވެންދެން އިންތިގާލީ ސަރުކާރުން ދެމި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިގާލީ ސަރުކާރެއް ގާއިމްކުރަން އަސްކަރިއްޔާ އިން އެއްބަސްވީ އިދކޮޅު ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކާ އެކު ބޭއްވި ތިން ދުވަހުގެ ބައްދަލުވުމަށް ފަހު އެވެ.

މާލީގެ ކުރީގެ ރައީސް އިބްރާހިމް ބުބަކާ ކެއިތާ މަގާމުން ދުކުކުރީ މިދިޔަ މަހު 18 ވަނަ ދުވަހު އެގައުމުގެ އަސްކަރިއްޔާއިން ގެނައި ބަޣާވާތެއްގެ ތެރެއިންނެވެ.

އެ ބަޣާވާތް ގެނައިރު ރައީސް އިސްތިއުފާ ދެއްވުމަށް އެދި އެގައުމުގެ ގިނަ ބަޔަކު ދިޔައީ ވަރުގަދަ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.

ބަޣާވާތުގެ ފަހުން ކުރީގެ ރައީސްއަށް ކުޑަ ސްޓްޜޯކެއް ޖެހިފައިވާއިރު އެމަނިކުފާނު މިހާރު ހުންނެވީ ސިއްހާ ފަރުވާއަށް ޔޫއޭއީގަ އެވެ.

މާލީގެ ބަޣާވާތް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އެކަމާ ގުޅިގެން ހުޅަނގު އެފްރިކާގެ ގައުމުތަކުން ވަނީ މާލީއަށް ދަތިކުުރުމުގެ ފިޔަވަޅުތައް ވެސް އަޅައިފަ އެވެ.

މީގެ ކުރިން 2012 ވަނަ އަހަރު ވެސް މާލީޣައި ބަޣާވާތެއް ގެނަ އެވެ. ފަރަންސޭސިވިލާތުގެ އަތް ދަށުން މާލީއަށް މިނިވަންކަން ލިބުނީ 1960 ގައެވެ. އޭގެ ފަހުން އެގައުމުގައި ވަނީ ހަތަރު ބަޣާވާތެއް ގެނެސްފަ އެވެ.--- ބީބީސީ--