ޗައިނާގައި ޖާސޫސްކުރަން އުޅެނިކޮށް ހިފެހެއްޓި އިންޑިއާގެ ފަސް މީހުން ދޫކޮށްލަން ޗައިނާއިން ނިންމައިފިއެވެ.

އެ ފަސް މީހުން އަތުލައިގަތީ ޗައިނާގެ ޓިބެޓް ސަރަހައްދުގައި ޝިކާރަކުރަންކަމަށް ހެދިގެން ޖާސޫސުކުރަން އުޅެނިކޮށެވެ.

މީގެ ކުރިން އިންޑިއާގެ މިނިސްޓަރަކު ވިދާޅުވީ ޓިބެޓާ ގުޅޭ އަރޫނާޗަލް ސަރަހައްދުން ފަސް މީހުން ގެއްލިފައިވާ ކަމަށެވެ.

ޗައިނާއާ އިންޑިއާއާ ދެމެދު ބޮޑު ނުތަތަނަވަސްކަމެއް ވަނީ އުފެދިފައެވެ. އެގޮތުން ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދުގެ ކައިރިއަށް ގިނަ އަދަދެއްގެ ސިފައިން ޖަމާކޮށްފައިވާއިރު މިދިޔަ ޖޫންމަހު ޗައިނާއިން ވަނީ އިންޑިއާގެ 20 ސިފައިން މަރާލައިފައެވެ.،

އަދި ދާދިފަހުން ދެ ގައުމުގެ ސިފައިން ވައިގެ ތެރެއަށް ބަޑިޖަހަމުންދާކަމަށް ދެގައުމުންވެސް ވަނީ ސިފަކޮށްފައެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ދެ ގައުމުގެ ސަރުކާރުން ވަނީ ވާޙަކަތައް ބައްވައި ބޯޑަރު ކައިރީގައި ތިބި ސިފައިން ފަހަތަށް ޖެއްސުމަށް ވަނީ ގޮވާލައްވައިފައެވެ.

އިންޑިއާއާ ޗައިނާގެ ގުޅުން ގޯސްވެ އިންޑިއާއިން ދާދި ފަހުން ވަނީ ޗައިނާގެ ޓިކްޓޮކް އެޕާއެކު ގިނަ އަދަދެގެ އެޕްތަކެއް މަނާވެސްކޮށްފައެވެ.

އިންޑިއާއާ ޗައިނާއާ ދެމެދު އުފެދިފައިވާ ބިމުގެ މިލްކުވެރިކަމުގެ މައްސަލައިގައި ދެ ގައުމުން ވަނީ ބޮޑު ހަނގުރާމައެއް 1962 ގައި ކޮށްފައެވެ.-- އަލްޖަޒީރާ