13 Sep 2020, 22:06
ރާއްޖެއިން ދުވާލެއްގެ މައްޗަށް ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި ހުންނަތާ ގިނަ ދުވަސްތަކަކަށް ފަހު މިދިޔަ ހަފްތާ ނަންބަރުތައް ވަނީ ތިރިވާން ފަށައިފަ އެވެ.
އަނެއްކާވެސް މިއަދު 121 ޕޮޒިޓިވް ކޭސް ފެނުނު އިރު އޭގެތެރެއިން 102 ކޭސް އަކީ މާލެއިން ފެނުނު ކޭސްތަކެވެ.
މިއަދު ވައިރަސް އަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ މިހާރު 9،173 އަށް އަރާފައެވެ. އަދި އޭގެތެރޭގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ހިމެނެނީ 1،809 އެވެ.
ބަލި މީހުންގެ ތެރޭގައި 113 މީހަކަށް ހޮސްޕިޓަލުތަކުން ފަރުވާ ދެމުންދާއިރު 1،087 މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ބައިތިއްބާފައެވެ.
ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 7،326 އަށް އަރާފައިވާއިރު މިއަދު އެކަނިވެސް އެ ބަލިން ވަނީ 271 މީހަކު ރަނގަޅުވެފައެވެ.
ރާއްޖޭގައި އެ ވައިރަސްއަށް ޓެސްޓުކުރުމަށް މިހާތަނަށް ވަނީ 130،356 ސާމްޕަލް ނަގާފައެވެ. އޭގެތެރޭގައި ރިޕީޓެޑް ސާމްޕަލްވެސް ހިމެނެއެވެ.
ކޮވިޑް-19 ބަލި ޖެހިގެން ރާއްޖެއިން ވަނީ 32 މީހަކު މަރުވެފައެވެ.