ބިންގަނޑު ފޭބުމުގެ ސަބަބުން ޑިމޮކްރެޓިކް ރިޕަބަލްިކް އޮފް ކޮންގޯގެ ރަން ނަގާ ތިން މައިނެއް ފުނޑުފުނޑުވެ 50 މީހުން މަރުވެެއްޖެ އެވެ.

އެ ހާދިސާ ހިނގައިފައި ވަނީ ކޮންގޯގެ އިރުމަތީ ޕްރޮވިންސެއްކަމަށްވާ ސައުތި ކިވޫގަ އެވެ. ބިންގަނޑު ފައިބަން ދިމާވީ އެތަކެއް ދުވަހެއް ވަންދެން ވިއްސާރަކުރުމުގެ ސަބަބުންނެވެ.

ވެއްޓުނު މައިންތަކަކީ 50 ފޫޓް ފުން ތަންތަނެވެ.

މަރުވި ގިނަ މީހުންނަކީ ޒުވާނުން ކަމަށް ސައުތު ކިވޫ ޕްރޮވިންސްގެ ގަވަރުނަރުގެ އޮފީހުން ބުންޏެވެ.

އެ ހާދިސާގައި މަރުވި މީހުން ހޯދުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެފަދަ ހާދިސާތައް ހިނގިޔަ ނުދޭން މަސައްކަތް ކުރާނެ ކަމަށް ވެސް ގަވަރުނަރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

އިރުމަތީ ކޮންގޯގައި އާންމުކޮށް މައިނިން ފަދަ މަސައްކަތްތައް ކުރުން އެހާ ރައްކާތެރިއެއް ނޫނެވެ. އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން އެފަދަ މައިންތަކުގައި އަންހެނުންނާއި ކުޑަކުދިން ވެސް ހަރަކާތްތެރިވެ އެވެ.

މި އަހަރު އެފަދަ މައިނެއްގައި ހިނގި ހާދިސާއެއްގައި ވަނީ 18 މީހުން މަރުވެފަ އެވެ.-- އޭޕީ--