13 Sep 2020, 07:47
ބޮލީވުޑްގެ ބަތަލާ ޕޫނަމް ޕާންޑޭ 29، ކައިވެނިކޮށްފި އެވެ.
އޭނާ ކައިވެނިކުރީ ދުވަސްވީ ލޯބިވެރިޔާ ޑައިރެކްޓަރު ސަމް ބޮމްބޭއާ އެވެ. އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ކައިވެނިކުރިކަން އިއުލާންކުރި އިރު އޭނާ ވަނީ ކައިވެނީގެ ފޮޓޯތައް އިންސްޓަގްރާމްކޮށްފަ އެވެ. އަދި އިންޑިއާގައި ކައިވެނިކުރުމުގެ ކުރިން ކުރިއަށް ގެންދާ ރަސްމިއްޔާތުތަކުގެ ފޮޓޯތައް ވެސް އޭނާ ވަނީ ހިއްސާކޮށްފަ އެވެ.
ބަތަލާ ޕޫނަމް އާއި ބޮމްބޭގެ ކައިވެނި ހަފްލާގައި ބައިވެރިވީ ދެފަރާތުގެ އާއިލާ އާއި ގާތް ރަހުމަތްތެރިން އެކަންޏެވެ. ބަތަލާ ބުނީ އޭނާ ކައިވެނި ކުރީ ސިއްރުން ނޫން ކަމަށާއި ނަމަވެސް ކޮވިޑުގެ ދުވަސްކޮޅު ކައިވެނި ހަފްލާ އެހާ ބޮޑުކޮށް ބާއްވަން ނުނިންމީ ކަމަށެވެ.
މިދިޔަ ޖުލައި މަހު ދެތަރިން އެންގޭޖްވި އިރު ދެމީހުން ދިމާވީ ފިލްމެއްގެ ޝޫޓިންގެ ތެރެއިންނެވެ. ކޮވިޑްގެ ކަންތައްތައް ހަމައަކަށް އެޅުމުން ލޮސް އޭންޖަލަސް އަށް ދާން ރާވާފައިވާ ކަމަށް ޕޫނަމް ބުންޏެވެ.