ކާރާއި ސައިކަލުގެ ސްޓިކާ އަށް ހާއްސަ ފިހާރައެއް މޮޓޯ ސްޓޮޕް އިން ހުޅުމާލޭގައި ހުޅުވައިފި އެވެ.

މޮޓޯ ސްޓޮޕް އިން ހުޅުވި މި ފިހާރައިން ކާރު، ސައިކަލުގެ ސްޓިކާގެ އިތުރުން ވޭން، އަދި ބަހުގައި ރެޕް ކުރަން ވެސް ކަސްޓަމައިޒްޑް ސްޓިކާ ވެސް ލިބޭނެ އެވެ.

މޮޓޯ ސްޓޮޕް އިން ހުޅުމާލޭގައި ހުޅުވި ފިހާރަ -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެކި މެޓީރިއަލްގެ ސްޓިކާ އެ ފިހާރައިން ލިބެން ހުންނާނެ އެވެ. އެގޮތުން މެޓް، ގްލޮސް، މެޓަލިކް، ހޮލޮގްރާމް، ކޭންޑީ އަދި ކްރޯމްގެ އިތުރުން ވެސް އެހެން މެޓީރިއަލްތަކުގެ ސްޓިކާ ލިބެން ހުންނާނެ އެވެ.

https://www.facebook.com/MOTOR-STOP-104656244369665

މޮޓޯ ސްޓޮޕްގެ ވެރިޔާ މުހައިމިން ޝާކިރު ވިދާޅުވީ މޮޓޯ ސްޓޮޕް އިން ވިއްކާ ސްޓިކާ އަކީ ކާރާއި ސައިކަލު ޕެއިންޓު ކުރުމަށް ކުރާ ހަރަދަށް ވުރެ އަގު ހެޔޮ، އަދި ޑިޔުރެބަލް ސްޓިކާ ކަމަށެވެ.

މޮޓޯ ސްޓޮޕް އިން ހުޅުމާލޭގައި ހުޅުވި ފިހާރަ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"ޕެއިންޓާ އަޅާ ބަލާ އިރު އަގު ހެޔޮވާނެ. ކޫރުން އެޅިގެން ބަދަލު ކުރިއަސް ފެއިންޓު ކުރަން ދާ ހަރަދަށް ވުރެ ހަތަރު ގުނަ އަގު ހެޔޮވާނެ،" މުހައިމިން ވިދާޅުވި އެވެ.

މޮޓޯ ސްޓޮޕް އިން ވިއްކާ ސްޓިކާ ގަންނަ ކަސްޓަމަރުންނަށް އޮތް އަނެއް ލުޔަކީ ޕްރޮޑަކްޓު ޑެލިވަރީ ކުރުމުން ނޫނީ ފުލް ޕޭމެންޓު ދައްކަން ނުޖެހުމެވެ.

"އޯޑަރު ކޮށްފައި ދައްކަން ޖެހޭނި 500 ރުފިޔާގެ ޕޭމެންޓެއް. ބާކީ ޕޭމެންޓު ދައްކަން ޖެހޭނީ ޕްރޮޑަކްޓު ޑެލިވާ ކުރީމާ،" މުހައިމިން ވިދާޅުވި އެވެ.

މޮޓޯ ސްޓޮޕް އިން ގަންނަ ސްޓިކާ ރެޕްކޮށްދިނުމުގެ ހިދުމަތް ވެސްދެ އެވެ. ފިހާރަ ހުޅުވުމާ ގުޅިގެން ދޭ ހާއްސަ ޑިސްކައުންޓެއްގެ ގޮތުގައި ތިން ދުވަހުގެ މުއްދަތަށް 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށައިފަ އެވެ.

މޮޓޯ ސްޓޮޕް އިން ހުޅުމާލޭގައި ހުޅުވި ފިހާރަ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މޮޓޯ ސްޓޮޕް އިން އަގު ހެޔޮކޮށް، ކަސްޓަމަރު ބޭނުން ގޮތަކަށް ސްޓިކާ ޑެލިވަރީ ކޮށްދޭނެ އެވެ. މުހައިމިން ވިދާޅުވީ އިތުރު އުފެއްދުންތައް ކުރިއަށް އޮތްތަނުގައި ތައާރަފު ކުރާނެ ކަމަށެވެ.

މޮޓޯ ސްޓޮޕް ހުޅުމާލެ ފިހާރަ ހުންނާނީ ނިރޮޅުމަހު ހަތް ނަންބަރު ގޯޅީގަ އެވެ.