11 Sep 2020, 22:05
މިއަދު ރާއްޖެއިން ކޮވިޑް 19 އަށް 90 މީހުން ޕޮޒިޓިވްވެއްޖެއެވެ.
މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، 24 ކޭސްގެ އިތުރުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކި 66 އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 58 ދިވެހިންނާއި 32 ބިދޭސީން އެވެ.
މާލެ ސަރަހައްދުން 78 މީހަކު ޕޮޒިޓިވްވިއިރު، އަތޮޅު ތެރެއިން ޕޮޒިޓިވްވީ 12 މީހެކެވެ
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 8،990 އަށް އަރާފައެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 287 އެވެ. ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 6،846 އެވެ.
ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 2،107 އެވެ. އޭގެ ތެރެއިން 120 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކުރެވިފައިވަނީ 951 މީހުންނެވެ.
މިހާތަނަށް އެޗްޕީއޭ އިން ކޮވިޑަށް 127،900 އަށްވުރެ ގިނަ ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ. މިއަދު ޓެސްޓު ކުރި އަދަދަކީ، 1،292 އެވެ.
މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ، 31 އެވެ.
އެޗްޕީއޭ އިން މިފަހުން އެޅި ފިޔަވަޅުތަކާއެކު، މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 100 އިން ދަށުގައެވެ.