ނަޝިކޭތު ސަމަންތު ޑައިރެކްޓްކޮށް ގެނެސްދޭ ކޮމެޑީ ފިލްމު "ކޮމެޑީ ކަޕަލް" އަންނަ މަހު ގެނެސްދޭ ގޮތަށް ނިންމައިފި އެވެ.

ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ސާގިބް ސަލީމް އާއި ޝްވޭތާ ބާސޫ ޕްރަސާދު އެވެ. އަންނަ މަހުގެ 21 ވަނަ ދުވަހު ޒީ5 އިންނެވެ. ކޮވިޑް19 އާ ގުޅިގެން ސިނަމާތަށް ބަންދުކޮށްފައި އޮތުމުން ގިނަ ފިލްމުތަކެއް މިހާރު ރިލީޒްކުރަނީ ޑިޖިޓަލް ޕްލެޓްފޯމުތަކުގަ އެވެ.

ބަތަލާ ޝްވޭތާ އެންމެ ފަހުން ފެނިގެންދިޔައީ "ޓަޝްކެންޓް ފައިލްސް"އިންނެވެ. ފިލްމާ ގުޅޭގޮތުން ޝްވޭތާ ބުނީ ފިލްމުގެ ސްކްރިޕްޓް ވަރަށް ސަޅި ކަމަށާއި މި ފިލްމު "ވަރަށް ޑްރާމާ" ވާނެ ކަމަށެވެ. އަދި ގިނަ ޓްވިސްޓުތަކާއި ރޮމޭންސް ވެސް ފިލްމުން ފެނިގެންދާނެ ކަމަށެވެ.

އޭނާ ބުނީ ފިލްމު ބެލުމަށްފަހު އާންމުންގެ ފީޑުބެކަށް ކެތްމަދުވެފައި ހުރި ކަމަށެވެ.