14 Jan 2012, 22:41
ކުރިއަށް އޮތް ދެ އަހަރަށް ވިބީ ސްޕޯޓްސް ކުލަބްގެ ހިންގާ ބޯޑު އިންތިހާބު ކޮށްފި އެވެ.
ވީބީގެ ހިންގާ ބޯޑު ކުރިއަށް އޮތް ދެ އަހަރަށް އިންތިހާބުކުރުމަށް މިރޭ ކަލާފާން ސުކޫލްގައި ބޭއްވި ޖަލްސާގައި އެކުލަބަގެ ޗެއާމަންގެ މަޤާމަށް ހޮވުނީ ހަސަން ޝިޔާމެވެ. އަދި ވައިސް ޗެއާމަނަކަށް ހޮވުނީ އަހުމަދު ޝިޔާމެވެ.
ޗެއާމަންއަކަށް ހަސަން ޝިޔާމް ހޮވުނީ ޖަލްސާ އަށް ހާޒިރުވި 82 މެންބަރުންގެ ތެރެއިން، ވޯޓް ދިން 80 މެންބަރުންގެ އަގްލަބިއްޔަތަކުންނެވެ. އަދި ވައިސް ޗެއާމަންއަށް އަހުމަދު ޝިޔާމް ހޮވުނީ 82 ވޯޓުން ނެވެ. އަދި ކުލަބްގެ ސީޔޯއަކަށް މުޙައްމަދު ގަހުތާން ހަލީމް ހޮވުނު އިރު، ޓްރެސާ އަކަށް ހޮވުނީ ކުރިން ވެސް އެމަޤާމް އަދާކުރަމުން އަންނަ އަހުމަދު އަލިމަނިކެވެ.
ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް އަހުމަދު ހަނީ ނައީމް އިންތިހާބުވި އިރު، ސެކެއްޓެރީއަކަށް ހޮވުނީ އަހުމަދު ސާމިންނެވެ.
ބޯޑް މެންބަރުގެ ގޮތުގައި ކުރިއަށް އޮތް ދެއަހަރަށް އިންތިހާބުވި ފަސް މެންބަރުންނަކީ އަލީ ޝިޔާމާއި މުހައްމަދު ސަވާދާއި މުޙައްމަދު ލަތީފާއި އަލީ ލަތީފާއި މުހައްމަދު ރަޝީދު އަދި އަހުމަދު ހަސަންއެވެ.
މަގާމު ތަކަށް މީހުން ހޮވުމުގެ އިތުރަށް މިރޭ އެ ކްލަބްގެ ނަން ވަނީ "ވީބީ އައްޑޫ އެފްސީއަށް" ބަދަލުކޮށްފަ އެވެ.
ވީބީގެ ކޯޗަކަށް މިއަހަރު ވެސް ތުރިކީގެ ކޯޗް ޖޭން ވަންލީ ހުރިއިރު މެނޭޖަރަކީ މިދިޔަ އަހަރު ވެސް މެނޭޖަރުގެ މަގާމް އަދާކުރި އިބްރާހިމް ރަޝީދު (ސަތޯ) އެވެ.