ސަލްމާން ޚާން ލީޑު ރޯލު ކުޅޭ ފިލްމު ބޮލީވުޑް ފިލްމު "ރާދޭ: ޔުއާ މޯސްޓް ވޯންޓެޑް ބާއީ"ގެ ޝޫޓިން އަންނަ މަހު ފެށުމަށް ނިންމައިފި އެވެ.

ފިލްމުގެ ނުނެގި ހުރި މަންޒަރުތައް ޝޫޓްކުރުމަށް އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ނަގަން ނިންމި އިރު ޝޫޓިންއަށް ހޭދަވާނީ 12 ދުވަހާއި ސާދަ ދުވަސް ކަމަށެވެ. މުމްބާއީގައި ފިލްމުގެ މަންޒަރުތައް ނަގާއިރު ފިލްމުގެ ލަވައެއް ވެސް އެދުވަސްތެރޭ ޝޫޓްކުރަން ވަނީ ހަމަޖެހިފައެވެ. މި ލަވަ އަކީ ދިޝާ ޕާޓްނީ އާއި ސަލްމާން ފެނިގެންދާ ލަވައެކެވެ.

މި ފިލްމު މިއަހަރު ދިވާލީގައި އެޅުވުމަށް މަސައްކަތްކުރި ނަމަވެސް ކޮރޯނާވައިރަހާއެކު އިންޑިއާގެ ސިނަމާތަށް ބަންދުކޮށްފައިވާތީ އެ ފިލްމު އެޅުވޭ ގޮތް ވަނީ ނުވެފަ އެވެ. ރާދޭ އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިއަހަރުގެ އީދުގަ އެވެ. ކޮންމެ އީދެއްގައި ވެސް ސަލްމާންގެ ފިލްމެއް ރިލީޒްވެ އެވެ. ނަމަވެސް މިއަހަރު ކޮރޯނާވައިރަހުގެ ސަބަބުން އެކަންވާ ގޮތް މި ވަނީ ނުވެފަ އެވެ. މި ފިލްމު މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

މި ފިލްމުގައި ސަލްމާން އާ އެއްކޮށް ލީޑު ރޯލު ކުޅޭނީ "މަލަންގް"ގެ ބަތަލާ ދިޝާ ޕާޓްނީ އެވެ.

ސަލްމާން ހާން ފިލްމްސް އިން އުފައްދާ "ރާދޭ"ގެ ޑައިރެކްޓަރަކީ ޕްރަބޫ ދޭވާ އެވެ.