ބޮލީވުޑްގެ އެކްޓަރު އަފްތާބް ޝިވްދާސަނީ އަށް ކޮވިޑް ޖެހިއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރަމުން އޭނާ ޓްވިޓާގައި ބުނީ ފަހަކަށް އައިސް ކެއްސުމާއި ހުމުގެ އަސަރު ފެންނަން ފެށުމުން އަމިއްލައަށް ބޭނުންވެެން ކޮވިޑަށް ޓެސްޓުކުރި ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ އައީ ޕޮޒިޓިވްކޮށް ކަމަށާއި މިވަގުތު އޭނާ މިހުރީ ޑަކްޓަރުންގެ ލަފައާ އެކު ގޭގައި ކަރަންޓީނުވެގެން ކަމަށެވެ. އަފްތާބު ބުނީ ފާއިތުވި ދުވަސްތަކު އޭނާއާ ކޮންޓެކްޓްވި މީހުން ކޮވިޑަށް ޓެސްޓްކޮށް އަމިއްލަ ރައްކާތެރިކަން ހޯދުމަށެވެ.

އެކްޓަރު ބުނީ ކޮވިޑުން ގަދަވެ ސަލާމަތުން އާންމު ދިރިއުޅުމަށް އާދެވޭނެ ދުވަހަކަށް އުންމީދުކުރާ ކަމަށެވެ. އަފްތާބަށް ކޮވިޑު ޖެހުނު އިރު އޭނާ ވަނީ މިދިޔަ ޖޫން މަހު އޭނާ ފެނިގެންދާ ސީރީޒް "ޕޮއިޒަން 2"ގެ ޝޫޓިން ވެސް ފަށައިފަ އެވެ.

މިދިޔަ މަހު އޭނާ އަށް ވަނީ އަންހެން ކުއްޖެއް ވެސް ލިބިފަ އެވެ. އެކްޓަރު އަފްތާބްގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "1920- އީވަލް ރިޓާންސް"، "މަސްތީ" އަދި "ކަސޫރު" ހިމެނެ އެވެ.