ސަރުކާރާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ، ގައުމީ ޕާޓީގެ ނައިބު ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ ކައުންސިލް މެންބަރު އަހުމަދު އިބްރާހިމް ދީދީ (ސަންދާން އަހަންމައިދީ) މިރޭ ވެސް ފުލަހަށް ހާޒިކުރުމުން އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުން މުލިއާގެ ކައިރިއަށް އެއްވެ، ފުލުހުންނާ ކުރިމަތިލައިފި އެވެ.

ސަންދާނު އަހަންމައިދީ މިރޭ އިރާކޮޅޫ ފުލުހަށް ހާޒިރުވި ނަމަވެސް ގާނޫނު އަސާސީންގެ 48 ވަނަ މާއްދާއިން ލިބިދީފައިވާ ހަނުހުރުމުގެ މިނިވަންކަން ބޭރުން ކުރެއްވި އެވެ. އަދި ފުލުހަށް ހާޒިރު ކުރުމަށް ފަހު ބައި ގަޑިއެއްހާއިރުގެ ތެރޭގައި ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

ޑރ. ޖަމީލް ފުލުސް އޮފީހަށް ހާޒިރުވުމަށް ރޭ އަނގަބަހުން ފުލުހުން އެންގުމާ ގުޅިގެން އޭނާ ފުލުސް އޮފީހަށް މިރޭ ދިޔައީ 10:00 ޖަހަން އުޅެނިކޮށެވެ. ޑރ. ޖަމީލުގެ ގާނޫނީ ވަކީލުންގެ ގޮތުގައި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދާއި މަޝްހޫރު ގާނޫނީ ވަކީލާ އާޒިމާ ޝަކޫރު ވެސް ފުލުހަށް ވަޑައިގަތެވެ. ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ފަހު ޝަހީދު ހުސައިން އާދަމް ބިލްޑިން ކާއިރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ ސިޔާސީ ބޭފުޅުން އިރުއިރުކޮޅާ ފުލުހަށް ހާޒިރުކޮށް، ހައްޔަރު ކުރާ މައްސަލަ ހައްލު ކުރާނީ ޝަރުއީ ދާއިރާގެ ތެރެއިން ކަމަށެވެ. އަދި ސަރުކާރުން ކިތަންމެ ތުހުމަތުތަކެއްކޮށް ފުލުހުން ލައްވައި ތަހުގީގުތަކެއް ކުރި ނަމަވެސް ސިޔާސީ ބޭފުޅުންގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުމެއް ފުލުހުންނަށް ދެއްވާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލާއި ސަންދާނު އަހަންމައިދީ ފުލުހަށް ހާޒިރު ކުރުމާ ގުޅިގެން ޝަހީދު ހުސައިން އާދަމް ބިލްޑިން ކައިރިއަށް އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުން އެއްވެ ސަރުކާރަށް ދެކޮޅަށް އަޑު އުފުލި އެވެ. ފުލުހުންގެ އިދާރާ ކުރިމަތީގައި އެއްވުން ލީޑު ކުރަން ހުރި ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި ކަމަށް ބުނެ ހައްޔަރު ކުރި އެވެ. އަދި އޭނާއާ އެކު އެ ސަރަހައްދުގައި ފުލުހުންގެ އަމުރަށް ކިޔަމަން ނުވެގެން ބައެއް މީހުން ހައްޔަރު ކުރި އެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ މަވޯޓާ ޝަރީފާ އެކު ހައްޔަރު ކުރި މީހުން ވަނީ ދޫކޮށްލާފަ އެވެ.

މިރޭގެ ފުލުސް އޮފީސް ކައިރިއަށް އެއްވި މީހުން ވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ވެސް އެއްވެ ރައީސް ނަޝީދުގެ އިސްތިއުފާއަށް ވެސް ގޮވާފަ އެވެ. އަދި އެތަނަށް އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުން އެއްވުމާއެކު ފުލުހުންނާއި ސިފައިންގެ ސަފުތައް މުލިއާގެ މައިގޭޓާ ދިމާލުން ރުކުރުވާލި އެވެ. އަދި އެ ދަނޑިވަޅުގައި އާންމުންނާއި ދިފާއީ ބާރުތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އެކަކު ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސް ފަހުން އެ މީހާ ވަނީ ދޫކޮށްލާފަ އެވެ.

-------------------

11:18 ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝަރީފު ]މަވޯޓާ ޝަރީފު[ ދެންމެ ފުލުހުން ދޫކޮށްލައިފި އެވެ. ޝަރީފު، ފުލުހުން ހައްޔަރު ކުރީ ޑީއާރުޕީގެ ކޯލިޝަން ޕާޓްނާރު، ގައުމީ ޕާޓީގެ އިސް ދެ ލީޑަރަކު ފުލުހުން ހައްޔަރުކުރި މައްސަލައަކާ އިހުތިޖާޖު ކުރެއްވުމަށް ފުލުސް އޮފީސް ދޮށުގައި ހުންނަވަނިކޮށެވެ. ފުލުހުން ބުނީ ޝަރީފު ހައްޔަރު ކުރީ ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކުމުން ކަމަށެވެ.

11:00 ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދިރިއުޅުއްވާ މުލީއާގެ ދޮށަށް އަނެއްކާ ވެސް ބަޔަކު އެއްވެ މުޒާހަރާ ކުރަން ފަށައިފި އެވެ. މުލީއާގެ ދޮށަށް އެއްވި މީހުން އަޑުއުފުލަމުން ދަނީ ޣައިރު ގާނޫނީ ގޮތުން މީހުން ހައްޔަރު ނުކުރުމަށާއި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށެވެ. މުލީއާގެ ކައިރިއަށް އެއްވި މީހުންގެ ތެރޭގައި ގައުމީ ޕާޓީ އާއި ޕީޕީއެމާއި ޑީއާރުޕީގެ އެކްޓިވިސްޓުން އުޅޭ ކަމަށް ސަންގެ ރިޕޯޓަރުން ބުންޏެވެ. މުޒާހަރާ ކުރާ މީހުން ތިބީ މެދުޒިޔާރަތް ކުރިމަތީގަ އެވެ.


10:44 ގައުމީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެންމެ ފުލުހުން ދޫކޮށްލައިފި އެވެ. ޖަމީލު ދޫކޮށްލުމުން މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ތަހުގީގަށް ދެއްވަން ޖެހޭ އެއްބާރުލުން ދެއްވި ކަމަށާއި ނަމަވެސް ރައްޔިތުންގެ ހައްގުގައި ވިދާޅުވާން ޖެހޭ ކޮންމެ ވާހަކައެއް ވިދާޅުވާނެ ކަމަށެވެ.

ޖަމީލު ވިދާޅުވީ ސިޔާސީ ލީޑަރުން ކުއްލި ކުއްލި އަށް ފުލުހުން ހައްޔަރު ކުރާ މައްސަލާގައި ޝަރުއީ މަރުހަލާގެ ތެރެއިން ހައްލު ހޯއްދަވާނެ ކަމަށެވެ. ގައުމީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޖަމީލާއި އެ ޕާޓީގެ ކައުންސިލް މެންބަރު ސަންދާން އަހައްމައިދީ ފުލުސް އޮފީހަށް ދެ ރެެއެއްގެ މަތީން ހާޒިރު ކުރީ، ސާބިތު ނުހިފޭ ވާހަކައެއް ދެއްކެވި ކަމުގެ ތުހުމަތުގަ އެވެ. އަދި އެ ދެބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ހިންގީ ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށެވެ.

10:10 ސަންދާން އަހައްމައިދީ ދެންމެ ދޫކޮށްލައިފި އެވެ. އޭނާ ދޫކޮށްލީ ކީއްވެގެން ކަމެެއް ނޭނގެ އެވެ. ނަމަވެސް އޭނާ ފުލުސް އޮފީހަށް ހާޒިރު ވުމަށް ފަހު، ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ މިރޭ ހަނު ހުންނަވާނެ ކަމަށެވެ. ޑރ. ޖަމީލު އަދި ވެސް ހުންނެވީ ފުލުސް އޮފީހުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސާބިތު ނުހިފޭ ވާހަކަ ދެއްކެވި ކަމުގެ ތުހުމަތުގައި ފުލުހުސް އޮފީހަށް ހާޒިރު ކުރި، އަހައްމައިދީ ދޫކޮށްލީ "މިރެ އަށް ތަހުގީގު ނިމުމުން" ކަމަށެވެ.

21:58 މުލީއާގެ ކައިރީގައި ފުލުހުންނާ އާންމުންގެ ކުރިމަތިލުން ހިނގާ ކަމަށް ސަންގެ ރިޕޯޓަރު ބުނޭ. ބައެއް މީހުން ބިޑްއަޅުވައި ހައްޔަރު ވެސް އެބަކުރޭ

ގައުމީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ހިންގަވަފާއި ފުލުސް އޮފީހަށް ދެންމެ ވަޑައިގެންފި އެވެ.

ޑރ. ޖަމީލުގެ އަރިހުގައި އޭނާގެ ވަކީލު ޑރ. ހަސަން ސައީދު ވެސް ފުލުސް އޮފީހަށް ވަޑައިގަތެވެ.

އެ ސަހަރައްދުގައި ހުރި ސަންގެ ރިޕޯޓަރު ދެންމެ ބުނީ ގައުމީ ޕާޓީގެ އިސް ދެ ބޭފުޅަކު ފުލުސް އޮފީހަށް ހާޒިރު ކުރުމާ އެކު ގިނަ ބަޔަކު އެއްވެ މުލީއާގޭ ދޮށުގައި މުޒާހަރާ ކުރަމުން އަންނަ ކަމަށެވެ. [ތަފުސީލް އަންނަނީ[ސަ