މަޝްހޫރު ޓީވީ އެކްޓަރު/މޮޑެލް ސާރާ ޚާން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އޭނާ ބުނެފި އެވެ.

ސާރާ އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ކޮވިޑަށް އޭނާ ޕޮޒިޓިވްވެފައިވާ ކަމަށާއި ޑަކްޓަރުންގެ ލަފައާއެކު މިހާރު އޭނާ ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ. ފިލްމީ މަސައްކަތުން ދުރަށް ޖެހިލީ ބަލިވެ އުޅޭތީ ކަމަށާއި އެއަށް ފަހު ކޮވިޑަށް ޓެސްޓުކުރި ކަމަށެވެ. އަދި އެ ޓެސްޓް ޕޮޒިޓިވްވި ނަމަވެސް މިހާރު މަޑު މަޑުން ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ސާރާ ބުންޏެެވެ.

ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ހޯމް ރެމެޑީސް ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެކްޓަރު ސާރާ އަށް ކޮވިޑް ޖެހުނުކަން އެނގުމާއެކު އޭނާގެ ފޭނުން އަންނަނީ އަވަސް ޝިފާއަކަށް އެދެމުންނެވެ.

އޭނާ މިހާރު މަސައްކަތްކުރަމުން އަންނަނީ އެޗްޑީޓީވީގެ ސިލްސިލާއެއްގަ އެވެ.