10 Sep 2020, 19:08
ބ. އަތޮޅު ކުޑަރިކިލު، ދޮންފަނު އަދި ކިހާދޫގެ ލަފާފުރުމުގެ ޒަމާންވީ މައްސަލަ ހައްލުކުރުމަށް ތިން ރަށުގެ ބަނދަރު ހެދުމަށް އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
އެކަމަށް ޓަކައި މިއަދު ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
މިއަދުން ފެށިގެން 381 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ޖުމުލަ 108.3 މިލިޔަން ރުފިޔާ ހަރަދުކޮށް ހިންގާ މިމަޝްރޫއުގެ 77 ޕަސެންޓް ފައިސާ ހަމަޖެހިފައި ވަނީ އޮފިޑުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި 23 ޕަސެންޓް ހަރަދުކުރާނީ ދިވެހި ސަރުކާރުންނެވެ.
ކުޑަރިކިލު ބަނދަރު:
ކުޑަރިކިލު ބަނދަރު މަޝްރޫއު ހަވާލުކޮށްފައި ވަނީ 33،215،485.13 ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި، އެއްގަމު ތޮށި ލުމާއި، ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބްލޮކްސް ޖެހުމާއި، ރިވެޓްމަންޓް ޖެހުމާއި، ޕޭވްމަންޓް ހެދުމާއި، ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ.
ދޮންފަނު ބަނދަރު:
ދޮންފަނު ބަނދަރު މަޝްރޫއު ހަވާލުކޮށްފައި ވަނީ 31،731،103.53 ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން ބޮޑުހިލައިގެ ބޭރު ތޮށްޓެއް ލުމާއި އެއްގަމު ތޮށި ލުމާއި، ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބްލޮކްސް ޖެހުމާއި، ރިވެޓްމަންޓް ޖެހުމާއި، ޕޭވްމަންޓް ހެދުމާއި، ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ.
ކިހާދޫ ބަނދަރު:
ކިހާދޫ ބަނދަރު މަޝްރޫއު ހަވާލުކޮށްފައި ވަނީ 43،381،648.33 ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން ބޮޑުހިލައިގެ ބޭރު ތޮށްޓެއް ލުމާއި، އެއްގަމު ތޮށި ލުމާއި، ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބްލޮކްސް ޖެހުމާއި، ރިވެޓްމަންޓް ޖެހުމާއި، ޕޭވްމަންޓް ހެދުމާއި، ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ.