14 Jan 2012, 20:55
ފުލުހުން މަސައްކަތް ކުރަނީ ސިޔާސީ ފަރާތްތައް ހައްޔަރު ކުރުމަށް ފަހު، 24 ގަޑި އިރުވާން ކައިރިވާ އިރަށް ދޫކޮށްލުމަށް ފަހު އަނެއްކާ ޖެހިގެން އަންނަ ދުވަހު އެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ފުލުހުންނަށް ޤާނޫނުން ލިބިދީފައިވާ ބާރު ނާޖާއިޒު ގޮތުގައި ބޭނުން ކުރުން ކަމަށާއި ގާނޫނުން ބޭރުން ފުލުހުން ހިންގާ އަމަލުތައް ހުއްޓާލުމަށް ޑީއާރުޕީން ގޮވައިލައިފި އެވެ.
ޑީއާރުޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ މީހުންގެ ބޮލުގައި ތަފާތު ތުހުމަތުތައް އަޅުވައި އެ ފަރާތްތައް ހައްޔަރު ކުރުމަކީ ސަރުކާރުން ފަށާފައިވާ ޑިމޮކްސަސީގެ އަސާސުތަކާ ބީރައްޓެއްހި ޢަމަލުތަކެއް ކަމަށެވެ.
"މިފުރުސަތުގައި ފުލުހުންނަށް ހަނދާން ކޮށްދޭން ބޭނުން ވަނީ ޤާނޫނުތަކަށް ބޯލަބައި އެ ޤާނޫނުތަކާއި އެއްގޮތަށް ޢަމަލު ކުރުމަކީ ވަކިފަރުދަކަށް ނޫނީ ވަކި މުއައްސަސާއަކުން ކުރަން ޖެހޭނެ ކަމެއް ނޫންކަމަށާއި އެއީ އެންމެން ވެސް އެއްހަމައަކުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ،" ޑީއާރުޕީގެ ބަޔާނުގައި ބުނެފައިވެ އެވެ. "އަދި ކޯޓުތަކުގެ ޙުރުމަތް ކަނޑާލައި ސިޔާސީ ވަކި ވިސްނުމަކާ އެއްގޮތަށް ޤާނޫނީ އިމުގެ ބޭރުން ފުލުހުން ކުރަމުން ގެންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ފުލުހުންނަށް ގޮވާލަމެވެ."
ޑީއާރުޕީގެ ބަޔާނުގައި ބުނެފައި ވަނީ މިފުރުސަތުގައި ފުލުހުންނަށް ހަނދާން ކޮށްދޭން ބޭނުންވަނީ ޤާނޫނުތަކަށް ބޯލަބައި އެޤާނޫނުތަކާއި އެއްގޮތަށް ޢަމަލު ކުރުމަކީ ވަކިފަރުދަކަށް ނޫނީ ވަކި މުއައްސަސާއަކުން ކުރަން ޖެހޭނެ ކަމެއް ނޫންކަމަށާއި އެއީ އެންމެން ވެސް އެއްހަމައަކުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި ކޯޓުތަކުގެ ޙުރުމަތް ކަނޑާލައި ސިޔާސީ ވަކި ވިސްނުމަކާ އެއްގޮތަށް ޤާނޫނީ އިމުގެ ބޭރުން ފުލުހުން ކުރަމުން ގެންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ފުލުހުންނަށް ގޮވާލަމެވެ.
ޑީއާރުޕީން މިފަދަ ބަޔާނެއް ނެރެފައި މި ވަނީ ގައުމީ ޕާޓީގެ ނާއިބު ލީޑަރު ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އެ ޕާޓީގެ ކައުންސިލް މެންބަރު ސަންދާނު އަހައްމައިދީ، ސާބިތު ނުހިފޭ ވާހަކަ ދެއްކެވި ކަމަށް ބުނެ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަމުރަށް ފުލުސް އޮފީހަށް އެ ދެ ބޭފުޅުން ހާޒިރު ކުރުމަށް ފަހު، 24 ގަޑި އިރު ނުވަނީސް ދޫކޮށްލައި ދެ ވަނަ ފަހަރަށް އެ ދެ ބޭފުޅުމް ފުލުސް އޮފީހަށް ހާޒިރު ކުރަން އުޅުމާ ގުޅިގެން ޑީއާރުޕީން ނެރުނު ބަޔާނެއްގަ އެވެ.