09 Sep 2020, 22:16
ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 93 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭ 131 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 67 ދިވެހިންނާއި 26 ބިދޭސިންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 86 މީހަކާއި ރަށްރަށުން ޕޮޒިޓިވްވި ހަތް މީހަކު ހިމެނެއެވެ.
މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންހެ ޖުމްލަ ވަނީ 8،834 އަށް އަރައިފައެވެ.
މިހާރު ބައްޔަށް ފަރުވާދެމުންދަނީ 2،509 މީހުންނަށެވެ. އޭގެ ތެރެއިން 1034 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު، ހޮސްޕިޓަލުތަކުގައި ތިބީ 127 މީހުންނެވެ.
ޖުމްލަ 6،288 މީހުން ބަލިން ރަނގަޅުވެފައިވާއިރު 31 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.