މާލޭގެ ކަރަންޓީނު ފެސިލިޓީއެއްގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކޮށް، ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ބަލަންފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވްވެ، ކަރަންޓީނުކޮށްފައި ހުރި 26 އަހަރުގެ އެ އަންހެން މީހާއަށް ގޯނާކުރި ކަމުގެ މައްސަލައެއް ހުށަހެޅީ މި މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ.

އަންހެން މީހާއަށް ގޯނާކުރި ކަމަށް ތުހުމަތުކުރެވެނީ އެ ފެސިލިޓީގައި މަސައްކަތް ކުރާ ބިދޭސީ ފިރިހެނަކަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.