ގާނުނާއި ހިލާފަށް ގައުމީ ޕާޓިގެ ނައިބުރައީސް ޑރ. މުހައްޖަމީލު އަހުމަދާއި އެ ޕާޓީގެ ކައުންސިލް މެންބަރު ސަންދާނު އަހައްމައިދީ ފުލުސް އޮފީހަށް ހާޒިރުކޮށް އަހައްމައިދީ ހައްޔަރުކުރުން ޕިޕީއެމުން ކުށްވެރިކޮށްފި އެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓިގެ ސްޕޯކުސް ޕާސަން ދުންޔާ މައުމޫން ވިދާޅުވީ ގާނޫނާއި ހިލާފަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ސިޔާސީ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކޮށް އެކި ފަރާތްތައް ހައްޔަރު ކުރުމަކީ ބިރުދެއްކުމުގެ އަމަލެއްކަ ކަމަށާއި ރައީސް ނަޝީދަށާއި އެ މަނިކުފާނުގެ ސަރުކާރަށް ފާޑުކިޔާ ފަރާތްތަށް ފުލުހުން މެދުވެރިކޮށް ހިފާ ހައްޔަރު ކޮށް ބިރުދެއްކުން ތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

"ސަރުކާރުން މީޑީޔާއަށް ބިރުދައްކާ އަދި ރައީސްގެ ޕްރެސް ސެކްރެޓަރީ އިސްވެ ހުންނަވައިގެން ނޫސްވެރިންނަށްދޭ އިންޒާރުތަށް ހުއްޓައިލުމަށް ގޮވާލަން. އަދި ޑިމޮކުރަސީގެ އަސާސްތަކާއި ހައްގުތަށް ނެގެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރެއްވުމަށް ވެސް ސަރުކާރަށް ގޮވާލަން،" ދުންޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް ވާހަކަތައް ރައީސް ނަޝީދު އިސްކޮށް ހުންވައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީގެ ކުރިން ދެއްކެވުމަށް ފަހު އެ މަނިކުފާނު ވެރިކަމާ ހަވާލުވެ މީޑިޔާއަށާއި ސިޔާސީ ބޭފުޅުންނަށް ބިރުދެއްކެވުމުގެ ގޮތުން އެކިކަންކަން ކުރަށްވަމުން ގެންދާވާތީ ކަންބޮޑުވާ ކަމަށެވެ.

"އޭރު ސަރުކާރުން ކަންކަން ކުރަނީ މިވެނި ގޮތަކަށޭ ކިޔައިގެން ބައެއް ފަރާތްތަކުން ވާހަކަ އެބަ ދައްކާ އަލުގަނޑު ދަންނަވަނީ އޭރުގެ ސަރުކާރުން ގާނޫނު އަސާސީން ލިބިފައިވާ ބާރުތަކުގެ ބޭރުން އެއްވެސް މީހަކު ބަންދުކޮށް އަދަބެއް ދީފައި ނުވާނެ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ބައިނަލް އަގުވާމީ ދުނިޔެއިން ރާއްޖޭގައި ސަރުކާރުން މިހާރު ހިންގާ ކަންތަށް ވަރަށް ރަނަގަޅަށް ބަލައި ހައްޔަރުކުރެވޭ އެކި މީސްމީހުންގެ ހައްގުތަށް ހޯދައިދިނުމަށް އިންސާ އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާތަކަށް ގޮވާލާ ކަމަށެވެ.