09 Sep 2020, 19:31
ކޮވިޑް19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެއެވެ. މިއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 30 އަށް އަރައިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދު މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދިޔަ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ މަރުވީ މިއަދު އިރުއޮއްސި 06:24 ގައެވެ.
މިހާތަނަށް ރާއްޖެއިން މުޅި ޖުމްލަ 8،741 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 6،157 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 2،549 މީހުން އެބައްތިއްބެވެ.
އޭގެތެރެއިން 1،096 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި އިރު 139 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.