09 Sep 2020, 16:10
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކާއި ގިނަ ރަށްތަކެއްގެ ސިއްހީ މަރުކަޒުންނަށް 263 ނަރުހުން ހޯދުމަށް އިއުލާން ކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހޯދަން ބޭނުންވާ ނަރަހުންގެ ތެރޭގައި ހިމެނެނީ ރެޖިސްޓާރޑް ނާރުހުންނާއި ސީނިއާރ ރެޖިސްޓާރޑް ނަރުހުންގެ އިތުރުން ކްލިނިކަލް ނަރުހުން ކަމަށެވެ.
ނަރުހުން ހޯދަން އިއުލާނުކޮށްފައިވަނީ 13 ހޮސްޕިޓަލަކާއި 94 ރަށެއްގެ ސިއްހީ މަރުކަޒަކަށެވެ.
މަގާމުގެ ޝަރުތުތައް:
ރެޖިސްޓާޑް ނަރުހުން:ނާސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
މުސާރަ: 9060ރ. - 9360ރ.
ސީނިއާރ ރެޖިސްޓާޑް ނަރުހުން:ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މުސާރަ 9670ރ. - 10،160ރ
ކްލިނިކަލް ނަރުހުން:ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މުސާރަ: 10،410ރ. - 10،940ރ.
ލެވެލް 1 - މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 120 ރުފިޔާ
ލެވެލް 2 - މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 150 ރުފިޔާ
ލެވެލް 3 - މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 188 ރުފިޔާ
އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން، ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާ އެހެނިހެން ލިއުންތަކާއި އެކު[email protected]އަށް އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.
އެ ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.