09 Sep 2020, 14:15
ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން އޮގަސްޓް މަހު ފެށި ޕްރޮމޯޝަންގެ މުއްދަތު މި ހިނގާ ސެޕްޓެމްބަރ މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ދެ މަހުގެ މަހުފީ އަދި ޖޯއިބޮކްސް (ޑީކޯޑަރ) ހިލޭ ލިބޭނެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތް ކަމަށްވާ ދިރާގު ޓީވީގައި 100އަށްވުރެ ގިނަ ޗެނަލް ހިމެނެ އެވެ.
ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ދިރާގުން ވަނީ ރާއްޖޭގެ 73 ޕަސެންޓު ގޭބިސީތަކަށް މި ހިދުމަތް ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން އެކުންފުނިން ވަނީ ދިރާގު ޓީވީ ފޯރުކޮށްދީފަ އެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ދިރާގުގެވެބްސައިޓުންބަލައިލެވޭނެ އެވެ.