ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 74 މީހަކު މިއަދު ދެނެގަނެވިފައިވާ ކަމަށާއި، މިއަދު 105 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނީ 59 ދިވެހީންނާއި، 15 ބިދޭސީންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 63 ކޭސް ފެނިފައި ވަނީ މާލެއިންނެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 8،741 އަށް އަރައިފައެވެ.

މިއަދު 105 މީހަކު ބަލިން ރަނގަޅުވިއިރު، މިހާތަނަށް މުޅި ޖުމްލަ 6،157 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 2،549 މީހުން އެބައްތިއްބެވެ.

އޭގެތެރެއިން 1،096 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި އިރު 139 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 29 މީހަކު ވަނީ މަރުވެފައެވެ.