ބޮލީވުޑްގެ ކާމިޔާބު ބަތަލު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާއި އަނަންޔާ ޕާންޑޭ އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ކާލީ ޕީލީ" ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އިޝާން އާއި އަނަންޔާ ލީޑު ރޯލު ފެނިގެންދާ ފިލްމު ކާލީ ޕީލީ ދައްކާނީ އަންނަ މަހު ދޭއް ގައެވެ. ރޮމޭންޓިކް އެކްޝަން ޖޯންރާއަށް ގެނެސްދޭ މި ފިލްމު ރިލީޒްކުރާނީ ޑިޖިޓަލް ޕްލެޓްފޯމް ޒީ ޕްލެކްސްގަ އެވެ.

ފިލްމުގެ ޓީޒާ މިހާރު ދައްކާލާފައިވާއިރު ޓީޒާއިން ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާއިރު ވައްކަން ކޮށްގެން ދެ ޒުވާނުން ފިލަން ކުރާ މަސައްކަތްތައްވެސް ޓީޒާއިން ފެނިގެންދިޔަ އެވެ.

އެ ފިލްމަކީ އަލީ އައްބާސް ޒަފަރު ޕްރޮޑިއުސްކުރާ ޒީ ސްޓޫޑިއޯ އާ އޮފްސައިޑް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ޖެއިދީޕް އަހުލްވާތު ފިލްމުގެ ވިލަން ރޯލުކުޅުމަށް ނިންމާފައިވާއިރު އެ ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސީމާ އަގަރްވާލާއި ޔާޝް ކޭސަރްވާނީ އެވެ.