ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ ހައްޔަރުކޮށްފިއެވެ.

ދާދި ދެންމެއަކު ރިއާ ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިންނެވެ. މިހާރު އެންސީބީ އިން އަންނަނީ ރިއާގެ މެޑިކަލް ޓެސްޓުތައް ހެދުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ސުޝާންތުގެ މަރާއެކު ޑުރަގުގެ މައްސަލައެއް ފެންމަތިވެފައިވާއިރު ރިއާ ވަނީ އެންސީބީ ކުރިމަތީ އޭނާއަކީ ޑުރަގު ނަގާ މީހެއް ކަމަށް އެއްބަސްވެފައެވެ. އޭނާ ވަނީ ކޮއްކޮ ޝޮވިކް މެދުވެރިކޮށް ޑުރަގް ގަތް ކަމަށް އެއްބަސްވެފައެވެ. އަދި ޑުރަގު ވިއްކާ މީހުންނާ ގުޅުން އޮންނަ ކަމަށްވެސް އެއްބަސްވެފައެވެ. އޭނާގެ ވަނީ ޑުރަގު ވިއްކާ ކަމަށް ވެސް އެއްބަސްވެފައެވެ. މިއަދުގެ ވަގުތެއްގައި އޭނާގެ ބަންދުގެ މުއްދަތު ކަނޑައަޅަށް ކޯޓަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

ބަތަލާ ރިއާ ހައްޔަރުކުރުމާއެކު ބިހާރުގެ ޑިރެކްޓާ ޖެނެރަލް ޕޮލިސް ގުޕްތޭޝް ޕާންޑޭ ވިދާޅުވީ ޑުރަގުގެ މައްސަލައިގައި ރިއާ ރަނގަޅަށްވެސް ބެދިފައިވާ ކަމަށެވެ.

ރިއާ ވަނީ ބޮލީވުޑުގައި ޑުރަގު ބޭނުންކުރަމުން އަންނަ 20 ސްޓާރުންގެ ނަންތައްވެސް އެންސީބީ އަށް ހާމަކޮށްފައެވެ.

މިއަދު ރިއާ ހައްޔަރުކުރިއިރު އޭނާގެ ކޮއްކޮ ޝޮވިކް ޗަކްރަބޯޓީ ވެސް ވަނީ މީގެ ތިން ދުވަސް ކުރިން ހައްޔަރުކޮށްފައެވެ.

ރިއާ ހައްޔަރުކުރިއިރު އޭނާ މީގެ ކުރިން މީޑީއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އާއި ކޮއްކޮ ޝޮވިކް އަކީ އެއްއިރެއްގައި ވެސް ޑުރަގު ބޭނުންކުރި ބައެއް ނޫންކަމަށް ބުނެފައެވެ.