އިންޑިއާގެ ނަމްބަރު ވަން ބެޓަރީ ބްރޭންޑް ކަމަށްވާ އެމެރަން ބްރޭންޑުގެ ބެޓަރީ ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށް ވިއްކަން ފަށައިފި އެވެ.

އެމެރަން ބެޓަރީ ހައުސްގެ ނަމުގައި ހުޅުވި ޝޯރޫމުން ވިއްކާ މި ބެޓަރިއަކީ އުމުރު ދިގު ކަމަށް މަޝްހޫރު، މެއިންޓަނެންސް ފްރީ ބެޓަރީއެކެވެ.

ރާއްޖޭގެ ބާޒާރަށް ނެރުނު އެމެރަން ބެޓަރީތަކުގެ ތެރޭގައި ކާރު، ޕިކަޕް، ސައިކަލު އަދި ހެވީލޯޑް ވެހިކަލްތަކަށް ބޭނުންކުރާ ބެޓަރީ ހިމެނެ އެވެ.

ސެޕްޓެމްބަރު 7، 2020: އެމެރަން ބެޓަރި ހައުސްއިން ވިއްކާ އެމެރަން ބެޓަރީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމެރަން ބެޓަރީ ހައުސްގެ މެނޭޖަރު އަބްދުﷲ އިބްރާހީމް މިއަދު ސަން އަށް ވިދާޅުވީ އެމެރަން ބެޓަރީ ހައުސްއިން ވިއްކާ ހުރިހާ އެމެރަން ބެޓަރިތަކަށް ވެސް ހަތަރު އަހަރުގެ ގެރެންޓީއަކާއި ހަ މަސް ދުވަހުގެ ވޮރެންޓީއެއް ދޭނެ ކަމަށެވެ.

"ބެޓަރީއެއް ގަނެފައި ފުރަތަމަ ހަ މަސް ތެރޭގައި އެއްވެސް ކަހަލަ މައްސަލައެއް ދިމާވެއްޖެ ނަމަ މިއޮންނަނީ އާ ބެޓަރިއަކަށް ބަދަލުކޮށްދޭ ގޮތަށް. އަގަށް ބަލާއިރު އަގު ވެސް މިހިރީ މާކެޓުގައި މިހާރު ހުރި އެހެން ހުރިހާ ބެޓަރިއަކަށް ވުރެ އަގުހެޔޮކޮށް." އޭނާ ވިދާޅުވި އެވެ.

އަލަށް ވިއްކަން ފަށައިގެން ހަ މަސް ދުވަހުގެ ވޮރެންޓީއެއް ދިން ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވޮރެންޓީ މުއްދަތު އެއް އަހަރަށް އިތުރު ކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

އެމެރަން ބެޓަރީގެ އެންމެ ހާއްސަ އެއް ސިފަޔަކީ އެހެން ބެޓަރިތަކާ އަޅާބަލާއިރު ކްރޭންކިން ޕަވަރު (އިންޖީނު ސްޓާޓް ކުރަން ބޭނުންވާ ބާރު) ރަނގަޅުވުމެވެ.

ސެޕްޓެމްބަރު 7، 2020: އެމެރަން ބެޓަރީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމެރަން ބެޓަރީ ހައުސްއިން ގަންނަ ތަކެތި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ބޯޓުފަހަރާ ހަމައަށް އިތުރު އަގަކާ ނުލައި ހިލޭ ޑެލިވަރީ ވެސް ކޮށްދެ އެވެ. ބެޓަރި ހައުސްއަށް ގޮސްގެން މުދާ ގަތުމުގެ އިތުރުން 3322233 ނުވަތަ 7990982 ނަންބަރަށް ގުޅައިގެން ވެސް އެމެރަން ބެޓަރިއަށް އޯޑަރު ކުރެވޭނެ އެވެ.

އެމެރަން ބެޓަރީ ހައުސް ހުންނާނީ ގަލޮޅު ދަނޑު ކުރިމައްޗަށްވާ ގޮތަށް ބަނަފްސާމަގުގަ އެވެ.

ސެޕްޓެމްބަރު 7، 2020: އެމެރަން ބެޓަރި ހައުސް-- ސަން ފޮޓޯ/ ފަޔާޒު މޫސާ