ސަލްމާން ޚާން ހޯސްޓްކޮށްދޭ ބިގް ބޮސް ގެ 14 ވަނަ ސީޒަން އިއުލާންކޮށް ޕްރޮމޯ ވެސް ދައްކާލައިފައިވާއިރު އެ ޝޯ ދައްކަން ފަށާނެ ތާރީޚު އިއުލާންކޮށްފި އެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހު ބިގް ބޮސް ދައްކަން ފަށާއިއިރު މިހާރު ކުރިއަށްދަނީ ޝޯގައި ބައިވެރިވާނެ ބައިވެރިން ފައިނަލް ކުރަމުން ކަމަށެވެ. ޝޯގެ ސެޓުވެސް މިހާރު އެއްކޮށް ނިމިފައިވާއިރު ބޮގް ބޮސްގެ ޓީމުން ބުނީ މިދިޔަ ސީޒަން ގިނަ ރެކޯޑުތަކެއް މުގުރާލައިފައިވާތީ ބެލުންތެރިންގެ އުންމީދުތަކާ އެއް ފެންވަރެއްގައި މި ފަހަރުގެ ޝޯ ވެސް ގެނެސްދޭން މަސައްކަތްކުރާނެ ކަމަށެވެ.

ކަލާޒް ޗެނަލުން ގެނެސްދޭ އެ ޝޯ އަކީ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ. މުނިފޫހިފިލުވުގެ ޝޯ ބިގް ބޮސް 13 ކާމިޔާބު ކުރީ އެކްޓަރު ސިދާތު ޝުކްލާ އެވެ. އޭނާ ޝޯ ކާމިޔާބު ކުރީ ގަދަ ތިނަކަށް ގޮސް އާސިމް ރިއާޒާއި ޝެހްނާޒް ގިލް (ސަނާ) ބަލިކުރުމަށްފަހު އެވެ.

"ބިގް ބޮސް"ގެ ޝޯ އެއް ފުރަތަމަ ގެނެސްދީފައި ވަނީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނެއްގަ އެވެ.