07 Sep 2020, 08:21
ޑައިރެކްޓަރު ޝާދު އަލީގެ ކުރިއަށް އޮތް ފިލްމުގެ ލީޑަށް ހަމަޖެއްސި އެކްޓަރު ދިލްޖީތު ދޯސާންޖް އެ ފިލްމު ދޫކޮށްލައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބަތަލާ ޔަމީ ގޯތަމް އާއެކު ދިލްޖީތު ކުޅެން ހަމަޖެހުނު ފިލްމަކީ ދެ ބަލިވެއިންނަ ފިރިހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ދެ ލޯބިވެރިއެއްގެ ދިރިއުޅުން ފެނިގެންދާ މި ފިލްމުގެ ޓްވިސްޓަކީ ފިލްމުގައި ފިރިހެން ތަރި ބަނޑުބޮޑުވުމެވެ.
ފިލްމުފެއާއިން ބުނި ގޮތުގައި ސެން ފްރެންސިސްކޯގައި ހުރި ދިލްޖީތު ފިލްމުގެ ޝޫޓިން އަށް އިންޑިއާ އަށް އެނބުރި އަންނަން ތައްޔާރުވަމުން އައި ކަމަށާއި ނަމަވެސް ކުއްލިއަކަށް އޭނާ މި ފިލްމު ދޫކޮށްލަން ނިންމާފައިވާކަަށެވެ. އަދި ޑައިރެކްޓަރު ޝާދުގެ އެއްވެސް ކޯލަކަށް ދިލްޖީތު ޖަވާބުނުދޭ ކަމަށްވެސް ވެސް ފިލްމުފެއާއިން ބުނެފައިވެ އެވެ.
މި ފިލްމުގެ ނަން އިއުލާންނުކުރި ނަމަވެސް ބައެއް ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގެ ނަމަކީ "ޕާޕާ ޖީ ޕެޓް ސޭ ހޭ" ކަމަށާއި މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.